މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ބިމެއް ހިއްކުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް އެހެން ވިދާޅުވެފައި ވަނީ ހިޔާ މަޝްރޫއުގެ ފްލެޓަށް ކުރިމަތިލި މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނާއި ގުޅޭގޮތުން ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރެއްވުމުން ގަލޮޅު އުތުުރު ދާއިރާގެ މަޖިލިސް މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ ހަފްތާގައި އެ މަޝްރޫއާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި އެ މަޝްރޫއުގެ އިތުރު ތަފްސީލު އިއުލާނު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެ މަޝްރޫއު އަދި އިއުލާން ނުކުރައްވަނީ އެ މަސައްކަތަށް ބޭނުންވާ ކަންތައްތައް އިއުލާން ކުރަން ޖެހޭ ހިސާބަށް އެ މަސައްކަތް ކުރިއަށް ނުދާތީ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.
އަސްލަމްގެ ޖަވާބަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ބިން ހިއްކާ މަޝްރޫއު ރައީސް އިއުލާން ކުރައްވާފައި ނުވަނީ އައިއެންޖީ ބޭންކުން ލޯން ހަމަނުޖެހޭތީ ކަމަށް ވިދާޅުވެފައެވެ. އަދި އެ ލޯނު ލިބުނުހާ އަވަހަކަށް އެތަން ހިއްކާނެ ކަމަށާއި ހިއްކިހާ އަވަހަކަށް އެތަނުން ބިން ކަނޑާފައި ދޭނެ ކަމަށް ވެސް ރައީސް ރައީސް ވިދާޅުވިއެވެ.
ލިބިއްޖެނަމަ ކިތަންމެހާވެސްރަނގަޅު