އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަލީ އާޒީމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕަރެސް" އަށް އާޒިމް ވަނީ އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން ކަށަވަރު ކޮށްދެއްވާފައެވެ.

އާޒިމް ކޮވިޑަށް ޕޮޒިޓިވް ވީ ރޭގެ ވަގުތެއްގައި ކަމަށާއި ހުން ގަދަކަމަށް އޭނާ ވަނީ ބައެއް މީޑިއާތަކުގައި ވިދާޅުވެފައެވެ.

އާޒިމް ރޭ ކޮވިޑަށް ޕޮޒިޓިވް ވި އިރު މީގެ 8 ދުވަސް ކުރިން، މިމަހު އެއްވަނަ ދުވަހު އާޒިމްގެ އުފަން ދުވަސް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކަކާ އެކު ފާހަގަ ކުރައްވާފައި ވެއެވެ.

އެ ހަފްލާގައި އެމްޑީޕީގެ މެންބަރުންގެ އިތުރުން އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މެންބަރުން ވެސް ބައިވެރިވަޑައި ގަތެވެ. ވިއްސަކަށް މެންބަރުން، އާޒިމް ގެ އުފަންދުވަހުގެ އުފަލުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އެއިން އެއްވެސް ބޭފުޅަކު ޕޮޒިޓިވް ވި ކަން އަދި އެނގިފައެއް ނުވެއެވެ. އަދި އެ ހަފްލާ އޮތީ މީގެ 8 ދުވަސް ކުރިން ކަމަށް ވުމާއެކު، އާޒިމް އާ ކޮންޓެކްޓް ވެފައި ވީ ނަމަވެސް އެއިން މެންބަރަކު ޕޮޒިޓިވް ވުމަކީ ވަރަށް ނާދިރު ކަމެކެވެ.