ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފާޑުކިއުން ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ފަރާތުން މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް އަމަޒުވެއްޖެއެވެ.
މުއިއްޒުއަށް ފާޑުކިއުން އަމާޒު ކުރައްވާ ނަޝީދު ވަނީ ސަރުކާރު ބަދަލު ވީއިރު ޑރ. މުއިއްޒުގެ ވުޒާރާއިން ބަލަހައްޓަމުން ދިޔަ މާލެ ސިޓީ ކައުންސިލުގެ ކަންކަން ހުރި ގޮތުގެ ތަފްސީލު ކަމަށް ވިދާޅުވެ، ޓްވިޓާގައި ވީޑިއޯއެއް ހިއްސާ ކުރައްވާފައެވެ.
އެ ވީޑިއޯއިން ފެންނަނީ، މާލެ ސިޓީ ކައުންސިލްގެ މުދާތައް ބަހައްޓާފައި ހުރި ތަނެއްގެ ދޮރު ކައިރީގައި ހުންނަވައިގެން މާލެ ސިޓީ ކައުންސިލުގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދު ވާހަކަ ދައްކަވާ މަންޒަރެވެ.
އެ ވީޑިއޯގައި ޝިފާ ވިދާޅުވަނީ، ފެށުނީއްސުރެ އޭނާ ގެންދަވަނީ ސިޓީ ކައުންސިލުގެ ކަންބޮޑުވުންތަކާއި، ކުރީ ސަރުކާރުގެ ތެރެއިން ކަންކަން ހުރި ގޮތުގެ ވާހަކަ ދައްކަވަމުން ކަމަށެވެ. އަދި ސިޓީ ކައުންސިލް ބިއްލޫރިޖެހިގެއިން ބޭރުކޮށް، އެތަނުގައި ހުރި މުދާތައް ގެންގޮސް ހައުސިން މިނިސްޓްރީން ދެއްކި ތަނެއްގައި ވަނިކޮށް، އެ މުދަލަށް ވީނުވީއެއް ނޭނގި ހުރި ކަން އޭނާ ފާހަގަ ކުރެއްވިއެވެ. ޝިފާ ވިދާޅުވީ، އެ ތަކެއްޗަކީ އެއީ ރައްޔިތުންގެ މުދާލާއި ދައުލަތުގެ މުދާ ކަމަށާއި، އޭގެ ތެރޭގައި ރައްޔިތުންގެ އެކި އެކި އެގްރީމަންޓްތައް ހިމެނޭނެ ކަމަށެވެ.
އަދި އެ މުދާތައް ފެނުނުއިރު، އެ ތަކެތި ބަހައްޓާފައި ހުރި ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ޝިފާ ވިދާޅުވީ، އެއީ އެއްޗެއްހި ގެނެސް ފޮރުވުމެއް ނޫން ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ދައުލަތުގެ މުދާ ހަލާކު ކުރުން ކަމަށް ޝިފާ ވިދާޅުވިއެވެ.
ނަޝީދުގެ ފާޑުކިއުން މުއިއްޒުއަށް އަމާޒުވެފައި ވާއިރު، އެމްޑީޕީން އެންޓި-ކެމްޕޭން ކުރުމަށް އެހާ ބޮޑު ސަމާލުކަމެއް ދެނީ ކީއްވެތޯ ސުވާލު އުފައްދަވާ މުއިއްޒު ވަނީ ޓްވީޓް ކުރައްވާފައެވެ.
އެންޓިކެމްޕޭނުކުރަނީ ގޮޑިލިބޭނެކަމުގެ ގެރެންޓީނެތީމަ . ސިފާ އެއިއުތިރާފުވަނީ ސިފާއަށް ޒިންމާ އަދާނުކުރެވޭކަމަށް. މޭޔަރުކަމުގަ ހުރެގެން މީހަކުބުނާހާގޮތެއް ހަދާކަށްނުޖެހޭނެދޯ . ތިހެން މީހެއްގެބޮލުގަ އަޅުވާފަރެކެވޭކަށް ނޯންނާނެ.
ތިޔަ ތަނުގައި މުއިއްޒަށް ފާޑު ކިޔާއިރު، މަނިކުފާނު އިސްވެހުންނަވައިގެން 2012 ވަނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުގައި ހުޅުޖަހައި އަންދާލި ދިވެހި ރައްޔިތުންގެ މުދަލުގެ އަގު 300 މިލިޔަން ޔޫ.އެސް.ޑޮލަރަށް އަރާކަމަށްވޭ. ޢަންދާލި ތަންތަން މަރާމާތު ކުރުމަށް ކުރި ޚަރަދު ތައް އެހުރީ ފެންނަން. ވީމާ، ތިޔަ ގޮވަނީ ގުދޯ ގުދޯ. މޮޅު ވާހަކައެއް ދައްކާލުމުގެ ގޮތުން މިފަހަރު ރައީސް ނަޝީދު ތިޔަ ނެންގެވީ ނުބައި މައުޟޫއެއް. ތިޔަ ގޮވީ އަތަށް.