މޭ މަހުގެ ނިޔަލަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެމްޔޫ)ގެ ކިޔެވުން އޮންލައިން ކޮށްފިއެވެ.

އެމްއެންޔޫއިން ދަރިވަރުންނަށް ފޮނުވި މެސެޖުގައި ވަނީ މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ކޯސްތަކެއް އޮންލައިން ކޮށް ކިޔަވައިދިނުމަށް ނިންމާފައި ވާ ކަމަށެވެ.

ނަމަވެސް ކެމްޕަހަށް ގެންގޮސްގެން ކިޔަވަން ޖެހޭ ގަޑިތައް ނެގުމަށާއި މި އަހަރުގެ ފުރަތަމަ ސެމިސްޓާގެ ޓެސްޓް ހަދަން ދާން ޖެހޭނީ އެމްއެންޔޫއަށް ކަމަށް ވެސް ބުނެއެވެ.

އެމްއެންޔޫގެ ކިޔެވުން އޮންލައިން ކޮށްފައި ވާއިރު، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވެފައި ވާތީ މާލެ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުން ހުއްޓާލަން އެޗްޕީއޭއިން އެޑިއުކޭޝަނަށް އެންގުމުން، ގްރޭޑް 8 އާ ހަމައަށް ކިޔަވައި ދިނުންވެސް ވަނީ ހުއްޓާލާފައެވެ.

ކޮވިޑް ހާލަތު އިތުރަށް ގޯސްވެ މި ދިޔަ އަހަރު ސްކޫލްތަކުގެ ޓާމު ކިޔެވުން ބަންދު ވި އިރު ރާއްޖެގައި ކޭސްތައް ވަނީ ދަށަށް ގޮސްފައެވެ. މިއަހަރު ފެށުނު އިރު 50 އިން ދަށުގައި ކޭސްތައް ހުރި ނަމަވެސް ސްކޫލަތައް ހުޅުވާލި ފަހުން ކޭސްތައް ވަނީ 100 އިން މައްޗަށް އަރާފައެވެ. އަދި އެކިއެކި ސްކޫލުތަކުގެ މެނޭޖުމަންޓުގެ ބައެއް ބޭފުޅުންނާއި ބައެއް ދަރިވަރުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ.