ހުޅުމާލޭ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޫކަމުގެ މައުލޫމާތު ރޭ ދަންވަރު 2:43 ލިބުނު ކަމަށާއި ރޭ 3:36ގައި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް އެތަނުުގެ ހުރި ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ރޭ ހުޅުމާލޭ ގުދަނުގއި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

މިފަދަ ހާދިސާއެއް ހިނގާފައި ވާއިރު، ރޭ މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވައި އެކަކަށް ވަނީ އަނިޔާވެފައެވެ.

އެ ހާދިސާގައި ގޭސްފުޅި ގޮވާފައި ވަނީ އެ ގޭސްފުޅި ގުޅާފައި ހުރި އުނދުން ރޯކުރަން އުޅެނިކޮށް ކަމަށް ފުލުހުން ބުނެއެވެ. އަދި އަނިޔާ ވެފައި ވަނީ ދިވެހި އަންހެނަކަށް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.