ވިސާ ހޯދަން ގުޅާނެ ހޮޓްލައިނެއް ހައި ކޮމިޝަނުން ހަދައިފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ ވިސާއަށް ފޯމް ހުށައަޅާ ފަރާތްތަކަށް ޓޯކަން ސިސްޓަމްގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ހޮޓްލައިން ނަންބަރު ބޭނުންކޮށްގެން ވިސާ ހޯދަން އެޕޮއިންޓްމަންޓް ބުކް ކުރެވޭނެ ކަމަށެވެ.

ހޮޓްލައިން ނަންބަރު: 7563947

ހައިކޮމިޝަނުން ބުނީ ހޮޓް ލައިން ނަންބަރު ބޭނުން ކޮށްގެން އެޕޮއިންޓްމަންޓް ބުކް ކުރެވޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 12:30 އަށެވެ.

މީގެ ފަހުން ޓޯކަން ނަންބަރު ހޯދަން ހައިކޮމިޝަން އަށް ދާން ނުޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި މިއީ ވަގުތީ ބަދަލެއް ކަމަށް ހައިކޮމިޝަނުން ބުނެއެވެ.

ހައި ކޮމިޝަނުން ބުނީ ވިސާއަށް ހުށައަޅާ ފަރާތްތަކުން އެ ކޮމިޝަނަށް ދާ އިރު ބޭނުންވާ ހުރިހާ ލިޔެކިޔުންތައް ހިފައިގެން ހަމަޖެހިފައިވާ ގަޑިއަށް ދިއުމަށް އެދޭ ކަމަށެވެ.

ބޭސްފަރުވާ އަށް އިންޑިއާ އަށް ދާން ބޭނުންވާ ގިނަ އަދަދެއްގެ ދިވެހިން ވިސާ ހޯދަން ހައިކޮމިޝަން ދޮށުގައި ކިއު ހަދާ 7-8 ގަޑިއިރު ހޭދަކުރަން ޖެހޭ މައްސަލަ މި ފަހުން އޮތީ ބޮޑުވެފައެވެ.