ޏ. ފުވައްމުލަކުގައި ކޮވިޑް އިން ރައްކާތެރި ކުރުމަށް މިސްކިތްތަކުގައި ޖަމާއަތް ނިހެދުމުގެ މުއްދަތު އެއް ހަފްތާ އިތުރު ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ފުވައްމުލައް ސިޓީގައި ކޮވިޑް ބަލިމަޑުކަން ފެތުރެމުންދާތީ މޮނިޓަރިންގެ ހާޅަތަށް ބަދަލުކޮށް އިތުރަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ސިޓީގެ މިސްކިތަތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ނުކުރުނަް އަންގާފައިވާ އެންގުން އިއްޔެއާ ހަމައަށް ހަމަވާ ކަމަށެވެ. އެހެންކަމުން މިއަދުގެ ފަތިސް ނަމޑު ވ ަގުތުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ އިޝާ ނަމާދުގެ ނިޔަލަށް އެ ސިޓީގެ މިސްކިތްތަކުގައި ނަމާދުގެ ޖަމާއަތް ނުހެދުމަށް އަންގާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ވަނީ މި ދަނޑިވަޅުގައި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

މިހާރު ފުވައްމުލައް ސިޓީން ފެނިފައިވާ ކޮވިޑް ކޭސްގެ އަދަދު ވަނީ 27 އަށް އަރާފައެވެ.

ފުވައްމުލަކު ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަޑުޖައްސާލަން އަންގާފައިވާއިރު، އައްޑޫ ސިޓީ އިން ވެސް ކޮވިޑް ފެނުމާއި ގުޅިގެން އެ ސިޓީގެ ރަށްތަކުގެ މިސްކިތްތަކުގައި ޖަމާއަތް ނުހެދުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.