މާލެގެ ބައެއް ސަރަހައްދު ތަކުން މިރޭ 11:00 އިން ފެށިގެން 3 ގަޑިއިރަށް ފެނުގެ ހިދުމަތް މެދު ކަނޑާލާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފެން ކަނޑާލަން ނިންމާފައި ވަނީ މަސައްކަތެއް ކުރުމަށް ކަމަށެވެ. އެގޮތުން މިރޭ 11:00 އިން 02:00 އަށް ބައެއް ގޭބަސީތަކުން ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

ފެނުގެ ހިދުމަތް ކެނޑޭނެ ސަރަހައްދުތަކުގެ ތެރޭގައި ފުލޫނިޔާ ގޯޅީގައި ހިމެނޭ ހުރިހާ ގޭބަސީތަކާއި ހަވީރީހިނގުމާއި ފުލޫނިޔާ މަގާއި ދެމެދުން، ޝަހީދު އަލީ ހިނގުމުގައި ހިމެނޭ ހުރިހާ ގޭބަސީތަކެއް ހިމނޭ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.

އެމްޑަބްލިއުއެސްސީން ވަނީ މިދިޔަ އާދިއއްތަ ދުވަހު 3 ގަޑިއިރަށް އެ ސަރަހައްދުން ފެނުގެ ހިދުމަތް މެދު ކަނޑާލާފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 11:00 އިން ފެށިގެން 4 ގަޑިއިރަށް ހުޅުމާލެއިންވެސް ވަނީ ފެނުގެ ހިދުމަތް މެދު ކަނޑާލާފައެވެ.

ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 އިން ފެން ކަނޑާލީ ވޯޓާ ޑިސްޓްރިބިއުޝަން ސިސްޓަމްގެ އަޕްގްރޭޑިން މަސައްކަތެއް ކުރުމަށް ކަމަށް އެކުންފުނިން ބުނެއެވެ.