ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑް އަދި ޕިން މިހާރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭ ގޮތަށް ބަދަލު ގެނެސްފިއެވެ.

ބީއެމްއެލުން ބުނީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން މިހާރު ގައުމީ ބޭންކުން ދޭ ކާޑް އަދި ޕިން އެކްޓިވޭޓް ކުރުމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ބީއެމްއެލްގެ ކާޑު މިހާރު އެކްޓިވޭޓް ކުރަން ސޮއިކޮށްފައިވާ ސްލިޕްކޮޅު ބޭންކަށް ފޮނުވަން ނުޖެހޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

މިހާރު ބޭންކްގެ ކާޑް ކަސްޓަމަރަށް ލިބުމާއެކު ސްލިޕް ކޮޅުގައި ސޮއި ކުރުމަށްފަހު އެ ސްލިޕްކޮޅު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފޮނުވާލުމުން ކާޑު އެކްޓިވޭޓް ވެގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބޭންކް ކާޑް އަދި ޕިން އެކްޓިވޭޓް ކުރުމަށް ބަދަލުތަކެއް ގެނެސްފައިވާ އިރު، އެ ބޭންކުގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ދާދި ފަހުން ވަނީ ފަށާފައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މާޗް މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ރާއްޖޭގައި އެ ކާޑު ބޭނުން ކޮށްގެން ކުރާ ވިޔަފާރިތައް އެކަންޏެވެ.