ރައްޔިތުންގެ މާމިގިގިލީ ދާއިރާގެ މެންބަރު އަދި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެންމެ ފަހުން މަޖިލީހަށް ވަޑައިގެންފައި ވަނީ މިދިޔަ އަހަރު ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މެންބަރުން ސަލާން ފޮނުއްވާއިރު ވަރަށް ގިނަ ދުވަހު ސަލާމުގައި ތިއްބަވާ މެންބަރުން ތިބި ކަމަށާއި ސަލާން ނެގުން މާ ގިނަވެފައިވާ ކަމަށެވެ. އަދި އެކަމާ ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

އެގޮތުން އެންމެ ސަލާމް ގިނަ މެންބަރުގެ ގޮތުގައި ގާސިމް ފާހަގަ ކުރައްވާ ވިދާޅުވީ ގާސިމް މިދިޔަ އަހަރު އެކީ ހުންނެވީ ސަލާމުގައި ކަަމަށާއި މި އަހަރު މިހާތަނަށް ވެސް ހުންނެވީ ސަލާމުގައި ކަަމަށެވެ. ނަމަވެސް ގާސިމް ސަލާމުގައި އެހާ ގިނަ ދުވަހު ހުންނެވި ސަބަބެއް ރައީސް ނަޝީދު ވިދާޅެއް ނުވެއެވެ.

އެއަށްފަހު ފަހު ދެން އެންމެ ގިނަ ދުވަހު ސަލާމްގައި ހުންނަވަނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ. މި އަހަރު ފެށުނު ފަހުން އެއްވެސް ޖަލްސާއަކުން ޝިޔާމް ހަޒިރު ވެފައެއް ނުވެއެވެ. މި އަހަރު މަޖިލީހަށް މިހާތަނަށްވެސް ވަޑައިގެންފައި ނުވާއިރު، މިދިޔަ އަހަރުގެ މަޖިލީހުގެ ހާޒިރީގެ އެންމެ ފުލުުގައި އޮތް މެންބަރަކީވެސް ޝިޔާމެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދު ވެސް ހުންނެވީ ސަލާމުގައި ކަމަށާއި ނަމަވެސް އޭނާ ސަލާމުގައި ހުންނެވީ އާލާސްކަންފުޅަކާ ގުޅިގެން ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށެވެ.