ދިރާގުން "އަމިއްލަ ޕޯސްޓްޕެއިޑް"ގެ ނަމުގައި މުޅިން އާ މޮބައިލް ޕޯސްޓްޕެއިޑް ޕްލޭނެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ، އެ ޕްލޭންގައި ކަސްޓަމަރުންނަށް އެމީހެއްގެ ބޭނުންތަކަށް ހާއްސަކޮށް ވަރަށް ފަސޭހަކަމާ އެކު ޕެކޭޖް ކަސްޓަމައިޒް ކޮށްލެވޭނެ ކަމަށެވެ. ދިރާގު އަމިއްލަ ޕޯސްޓެޕެއިޑް ތައާރަފުކުރުމަށް ދިރާގުން ވަނީ ރޭ ވާޗުއަލް ހާއްސަ ރަސްމިއްޔާތެއް ބާއްވާ ދިރާގު ފޭސްބުކް ޕޭޖުގައި އެ އިވެންޓް ލައިވްކޮށް ދައްކާފައެވެ.

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ، ވޮއިސް ބޭނުންވާ ގޮތަކަށް ސެޓްކޮށްލެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މީގެ އިތުރުން މުޅިން އަލަށް ތައާރަފުކޮށްފައިވާ "ވެލިއު ޕްކެސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްސްތަކުން ބޭނުންވާ ޕެކެއް ހިޔާރު ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ވެލިއު ޕްކެސްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި މުޅިން އާ ސްޓްރީމިން އެޑްއޮންސްގެ ގޮތުގައި ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކަށް ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ގުޅާ ކަސްޓަމަރުންނަށް ހާއްސަކޮށް އައިޑީޑީ ވެލިއު ޕްކްސް ވެސް ވަނީ ހިމަނާފައި ކަމަށް ދިރާގުން ބުނެއެވެ.

"އަޅުގަނޑުމެން އަބަދުވެސް ދަނީ ކަސްޓަމަރުންނަށް އެންމެ ރަނގަޅު މޮބައިލް ތަޖުރިބާއެއް ފޯރުކޮށް ދިނުމަށް ކަސްޓަމުރުންގެ ފީޑްބެކް އަޑު އަހައި، ކަސްޓަމަރުންގެ މޮބައިލް ޔޫސޭޖް ބިހޭވިޔާ ވަރަށް ގާތުން ބަލަމުން. އެގޮތުން އަޅުގަނޑުމެންގެ ހޯދުންތަކުން ދައްކާގޮތުގައި ފަސޭހަކަމާއެކު އަމިއްލައަށް މޮބައިލް ޕްލޭންތައް އެ ކަސްޓަމަރަކު ބޭނުންވާ ގޮތަކަށް ޕާސަނަލައިޒް ކޮށްލުމަކީ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމެއް."
ދިރާގު މެނޭޖާ ކޮންސިއުމާ ޕޯސްޓްޕެއިޑް، އެފްބީބީ ޖަނާ އިބްރާހިމް

ދިރާގު މެނޭޖާ ކޮންސިއުމާ ޕޯސްޓްޕެއިޑް، އެފްބީބީ ޖަނާ އިބްރާހިމް ވިދާޅުވީ، ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ތައާރަފް ކުރީ ގިނަ ކަސްޓަމަރުން ތަކެއްގެ އެދުމުގެ މަތިން ކަމަށެވެ. މިހާރު ދިރާގު އަމިއްލަ ޕޯސްޓްޕެއިިޑަށް އައު ފީޗާސްތަކާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޮބައިލް ޔޫސޭޖް މެނޭޖްކޮށް، ދިރާގު ކަސްޓަމާ ސެންޓަރަކަށް ޒިޔާރަތް ނުކޮށް، ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ޕެކޭޖު ބަދަލު ކޮށްލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގު ޕޯސްޓްޕެއިޑް ހިދުމަތަށް ބަދަލުތައް ގެނެސްފައި ވަނީ ހޯމް ފައިބާ ބްރޯޑް ބޭންޑް، ބިޒް ފައިބާ ބްރޯޑް ބޭންޑް އަދި ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ. ދިރާގުގެ އެކި އެކި ހިދުމަތްތަކަށް ގެންނަމުންދާ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ.

ދިރާގު އަމިއްލަ ޕޯސްޓްޕެއިޑްގެ ޕްރޮމޯޝަނަލް އޮފާ އާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް މި ލިންކަށް ޒިޔާރަތް ކުރުމަށް ދިރާގުން ބުނެއެވެ.