ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫގެ ދަށުން ގާއިމް ކޮށްފައިވާ 7000 ފްލެޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓް ތައް އާންމު ކޮށްފިއެވެ.
- އެޗް 4 ލިސްޓް
- އެޗް 5 ލިސްޓް
- އެޗް 6 ލިސްޓް
- އެޗް 7 ލިސްޓް
- އެޗް 8 ލިސްޓް
- އެޗް 9 ލިސްޓް
- އެޗް 10 ލިސްޓް
- ސިވިލް ސާވިސް ލިސްޓް
ފްލެޓް ކޮމެޓީން ބުނީ ކޮންމެ ކެޓަގަރީ އަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓާއި ޝަރުތު ހަމަވެ ފްލެޓް ލިބިފައި ނުވާ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމު ކޮށްފައި ވާނެ ކަމަށެވެ. އަދި މި ކެޓަގަރީ ތަކަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކުގެ ދާއިމީ ލިސްޓުވެސް އާންމު ކޮށްފައި ވާނެ ކަމަށެވެ.
8 ކެޓަގަރީ އަކުން ދާއިމީ ލިސްޓު އާންމު ކޮށްފައި ވާއިރު، އެއީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ އާއި ޓީޗަރުންގެ ކެޓަގަރީ އާއި މާލޭ ރަށްވެހިންނަށް ހާއްސަ ކެޓެގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީ އާއި މާލޭގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައި ވާ މީހުންނަށް ހާއްސަ ކެޓަގަރީ އާއި އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީ އަދި ސިވިލް ސަރވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީގެ އިތުރުން ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓަގަރީއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާގެ ފްލެޓްތަކަށް 25،000 އަށް ވުރެން ގިނަ މީހުން ވަނީ ކުރިމަތި ލާފައެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު އަޅާފައިވެއެވެ. އެތަންތަނުގައި ޖުމްލަ 7،000 އެޕާޓްމެންޓު ހުންނައިރު ކޮންމެ އިމާރާތެއްގެވެސް އެންމެ ތިރި ކޮމާޝަލް ބޭނުމަށް ހާއްސަ ކުރުމުން މީހުން ދިރިއުޅުމަށް ދޫކުރާނީ 6،720 ފްލެޓެވެ.
ފްލެޓް ކޮމެޓީން ބުނީ، ދާއިމީ ލިސްޓްތައް އާންމު ކުރި ނަމަވެސް ފްލެޓު ހަވާލު ކުރާނެ އިރެއް އަދި ފްލެޓަށް ވަދެވޭނެ އިރެއް އެނގޭނީ ހައުސިން މިނިސްޓްރީ އަށް ކަމަށެވެ.
އެޗް15 ކޮބާ؟