ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ކުރާ ވިޔަފާރިއަށް ޑިސްކައުންޓް ދޭ ޕްރޮގްރާމެއް ތައާރަފް ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، މިއަދު ބީއެމްއެލް އޮފާސް ޕޯޓަލް ތައާރަފްކޮށްފައިވާ ކަމަށެވެ. އެއީ މާޗެންޓުންނާ ގުޅިގެން ބީއެމްއެލް ކާޑު ބޭނުން ކޮށްގެން ކުރާ ވިޔަފާރިތަކަށް 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ގޮތަށް ތައާރަފް ކުރި ޕްރޮގްރާމެއް ކަމަށް ބީއެމްއެލުން ބުނެއެވެ.

މި ގޮތުން ބީއެމްއެލް އޮފާސް ޕޯޓަލްގައި ލިސްޓު ކޮށްފައިވާ ފިހާރަތަކުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

އެގޮތުން އޮފާސް ޕޯޓަލްގައި ލިސްޓު ކޮށްފައިވާ ވިޔަފާރިތަކުގެ ތެރޭގައި ރީޓެއިލް ފިހާރަތަކާއި، ރެސްޓޯރަންޓް، ފަރުނީޗަރު އަދި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކްސް ފިހާރަތައް ހިމެނެއެވެ.

ބީއެމްއެލް އޮފަރ ޕޯޓަލްއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށް ގައުމީ ބޭންކުން ބުނެއެވެ.