ސަރުކާރުގެ ދަތުރެއްގައި ހެލްތް ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ)އިން ދޫކުރާ ހާއްސަ ހުއްދައިގެ ދަށުން ފ. ނިލަންދުއަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ވިދާޅުވީ ޕޮޒިޓިވް ވެފައި ވަނީ އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުގެ އެ ރަށުގެ ވޭސްޓް މެނޭޖެމެންޓްގެ ސާވޭއެެއް ކުރުމަށްޓަކައި ގޮސް އުޅުނު އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޓީމްގައި ހިމެނޭ މީހެއް ކަމަށެވެ. އެ މިނިސްޓްރީން ދިޔަ ޓީމްގައި ހަތަރު މެންބަރުން ހިމެނެއެވެ.
އެ މީހުން އެ ރަށަށް ގޮސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އެ ރަށުން ފުރައިގެން މާލެ އައިސްފައި ވަނީ އާދިއްތަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ. ޕޮޒިޓިވް ވެފައި ވަނީ މާލެ އައިސް ހެދި ކޮވިޑް ޓެސްޓުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމީހާގެ ކޮންޓެކްޓުންގެ ގޮތުގައި ގާތްގަނޑަކަށް 30 ވަރަކަށް މީހުން އުޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ހައިރިސްކް މީހުންނާއި ދާއިމީ ބައްޔަށް ފަރުވާ ކުރަމުންދާ މީހުން ހިމެނޭ ކަމަށް ލަތީފް ވިދާޅުވިއެވެ. އޭގެ ތެރޭގައި ކައުންސިލްގެ ރައީސާއެކު ކައުންސިލްގެ 7 މެންބަރަކު ކަރަންޓީންގައި ތިއްބެވި ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އީޕީއޭއިން ބުނީ އެ މިނިސްޓްރީން އެރަށަށް ގޮސްފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށާއި ނަގަން ޖެހޭ ހުރިހާ ހުއްދައަކާވެސް އެކު ކަމަށެވެ. އަދި އެ ރަށަށް ދިއުމަށްފަހު އީޕީއޭއިން ދިޔަ ޓީމް އުޅެފައި ވަނީ އާންމުންނާ ވަކިން އައިސޮލޭޓްކޮށް ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ބުނެއެވެ.
އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން ކަރަންޓީން ނުވާގޮތަށް ރަށްރަށަށް ދެވެނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއަކާ އެކު ކަމަށް އެންމެ ފުރަތަމަ ނިންމި ނަމަވެސް އޭގެ ފަހުން ނެރުނު ގައިޑްލައިންގައި އެކަން އޮތީ އުވާލާފައެވެ.
މީ ރަށްރަށަށް ކޮވިޑު ނުޖެހޭތީ ޖައްސަން ފޮނުވާ މީހުން މިމީހުން ހޮޓަލުން ކައިބޮއި ޒުވާނުންގެ މަރުކަޒުގައި ރަށު މީހުންނާއެކު ކުޅެ އުޅުނު