ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވާނިން ބޯޑް މިއަދު އެކުލަވާލައި އެ ބޯޑަށް މެންބަރުން އައްޔަން ކޮށްފިއެވެ.

ރައިސް އޮފީހުން ބުނީ، އެ ބޯޑު އެކުލަވާލައްވައި މެންބަރުން އައްޔަން ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަމަށެވެ. އެގޮތުން އެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ހަ ބޭފުޅަކު އައްޔަން ކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވާނިން ބޯޑުގެ މެންބަރުން:

  1. އާމިނަތު ގާސިމް (ތަރި، ހދ. ކުޅުދުއްފުށި)
  2. ޑޮކްޓަރު އާމިނަތު ނަޒީރު (މ. ކެލްވީނިއާ)
  3. މުއުމިނާ އަބްދުﷲ (ޒީނިޔާ، ދޫޑިގަން، ޏ. ފުވައްމުލައް)
  4. ހަސަން ޝުޖާއު (ހަނީމޫން، ހދ. ކުޅުދުއްފުށި)
  5. އަބްދުއްލަތީފް ހަސަން (މަޝާއިރު، ހދ. ކުޅުދުއްފުށި)
  6. އަހުމަދު ދާއޫދު (ރޯމާ، ހދ.ކުޅުދުއްފުށި)

6 މެންބަރުންގެ މައްޗަށް އެކުލަވާލި މި ބޯޑުގައި ހިމެނެނީ 3 އަންހެން ބޭފުޅުންނާއި 3 ފިރިހެން ބޭފުޅުންނެވެ. އަދި އެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ރައީސް ސޯލިހް އައްޔަން ކުރެއްވީ އާމިނަތު ގާސިމް ކަމަށް ރައީސް އޮފީހުން ބުނެއެވެ.