ގދ. ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތުގެ 5 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ފަސް ޕަސެންޓް ނިމިފައިވާ ކަމަށާއި ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮނުމުގެ މަސައްކަތް މިމަހު 16 ވަނަ ދުވަހު ފަށާފައިވާ ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި ޓާމިނަލް ބިލްޑިން ހެދުމާއި އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފަރެސްމާތޮޑާގައި އެއާޕޯޓެއް ތަރައްގީކުރުމަށް އެރަށުން 19 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.