ގއ. ކޫއްޑޫގައި ފުޓްބޯޅަ ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ ގއ. މާމެންދޫ އަށް ނިސްބަތްވާ އަހުމަދު ޝަރީފް ނަމަކަށް ކިޔާ ޒުވާނެކެވެ. އަދި އޭނާ ވަޒީފާ އަދާ ކުރަމުން ދަނީ ކޫއްޑޫގެ ޖެޓީ ސުޕަވައިޒަރަކަށެވެ.
އެގޮތުން އިއްޔެ ހަވީރު ކޫއްޑޫގައި އޮންނަ ފުޓްބޯޅަ ދަނޑުގައި ފުޓްބޯޅަ ކުޅެން ހުއްޓާ އޭނާ ކުއްލިއަކަށް ދަނޑު މައްޗަށް ވެއްޓުމުން، އޭނާ ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައި ވާއިރު އެމީހާ މަރުވެފައި ވަނީ ރޭ 7:30 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.
އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާ ކޮވިޑަށް ޓެސްޓުކޮށްފައި ވާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.
މިދިޔަ މަހު ތެރޭގައި ވެސް ފުޓްބޯޅަ ކުޅެއް ހުރި ޒުވާނަކު ކުއްލިގޮތަކަށް ވަނީ މަރުވެފައެވެ.
އޭރު މަރުވީ ހއ. ފިއްލަދޫގައި ފުޓްބޯޅަ ކުޅެން ހުރި ޒުވާނެކެވެ. މަރުވެފައިވަނީ އުމުރުން 31 އަހަރުގެ މުހައްމަދު ހަލީމް ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށްވެސް މައުލޫމާތު ލިބެއެވެ.