"މޯލްޑިވްސް ހައުސިން މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ"ގެ ނަމުގައި ކުރާ ބޯހިޔާވަހިކަމާއި ބެހޭ ސާވޭ ފޯނު މެދުވެރިކޮށް ކުރިއަށް ގެންދާ އިރު އެ މަސައްކަތް އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށާއި މިސާވޭއަށް އާންމުން އެއްބާރުުން ދިނުމަށް ޕްލޭނިން މިނިސްޓްރީން އެދިއްޖެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، މި ސާވޭގެ މަސައްކަތް ރާއްޖޭގެ އެކި އަތޮޅުތަކުން ރަށްރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު މި ސާވޭ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ފޯން ސާވޭއަކާއި އަދި ކަމާ ގުޅުން ހުރި ފަރާތްކާއެކު ކުރެވޭ މަޝްވަރާތަކެއްގެ އެހީގައި ކަމަށެވެ. އެ ގޮތުން މި ސާވޭގައި މީހުންނަށް ފޯނުން ގުޅައިގެން ކުރިއަށް ގެންދާ ބައި އަންނަ މަހުގެ 3 އަކާ ހަމައަށް ނިންމާލެވޭ އިރު ނަމަވެސް އަންނަ މަހުގެ ނިޔަލަށް މިސާވޭގެ ބާކީ ހުރި މަސައްކަތްތައް ކުރިއަށް ނިންމާލެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ސާވޭއަކީ ބޯހިޔާވަހިކަން ބޭނުންވާ މިންވަރާއި، ގޯތި ގެދޮރުގެ މިލްކިއްޔާތު ލިބުމުގައި ދެކޭގޮތާއި ކުއްޔަށް އުޅޭ ފަރާތްތަކަށް ލުއި ފަސޭހަ މަގެއް ދެނެގަތުމަށާއި ސަރުކާރުގެ ފަރާތުން އިތުރު އެހީ ބޭނުންވާ ހާލަތެއްގައި ދެވޭނެ ގޮތްތައް ދެނެގަތުމަށް ކުރިއަށް ގެންދާ މި ސާވޭއިން ހޯދާ މައުލޫމާތުގެ ތެރެއިން ޝާއިއު ކުރެވޭނީ، ދިރާސާގައި އެއްކުރެވޭ މައުލޫމާތުގެ ޖުމުލަ އަދަދުތަކަށް ބިނާކޮށް ހޯދޭ ހޯދުންތައް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ދިރާސާގެ ބައިވެރިންގެ ޒާތީ އެއްވެސް މައުލޫމާތެއް ޝާއިއު ނުކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މި ސާވޭކު ރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ގުޅާނެ ނަމްބަރުތައް ވަނީ މިނިސްޓްރީގެ ވެބްސްގައި ހިއްސާކޮށްފައެވެ. އެ ގޮތުން އެ ނަންބަރުތަކަކީ

  • 7602782
  • 7260058
  • 7260057
  • 7627823
  • 7627548
  • 7627558
  • 7627804
  • 7627678
  • 7627657
  • 7627617
  • 7627362
  • 7627298
  • 7627178
  • 7627248
  • 7627051
  • 7627842
  • 7627898
  • 7627031
  • 7627040
  • 7627001
  • 7626968
  • 7626917

އަދި މި ސާވޭއަށް އެންމެހާ ފަރާތްތަކުން އެއްބަރުުން ދިނުމަށް ޕްލޭނިން މިނިސްޓްރީން ވަނީ އެދިފައެވެ.

މި ސާވޭއަކީ މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އަދި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ސާވޭކުރުމުގެ ހުއްދަ ލިބިގެން ކުރިއަށް ގެންދާ ސާވޭއެކެވެ.