އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބު މި މަހުގެ 23 ގައި ބާއްވަން ހަމަޖައްސައިފިއެވެ.
އަދާލަތު ޕާޓީން ބުނީ، އެ ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އެ ޕާޓީގެ ރިޔާސީ އިންތިހާބު މި މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
އެގޮތުން އެ ޕާޓީގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއެކު ހުށައަޅަން ޖެހޭ ލިޔެކިޔުން މި މަހުގެ 9 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން އެ ޕާޓީގެ މައި އޮފީހަށް ހުށައެޅުމަށް އަދާލަތުން ބުނެއެވެ.
- އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމްގެ ލިންކް: http://bit.ly/3rgzPzGco
- އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ކުށުގެ ރިކޯޑް ބެލުމަށް އެދޭ ފޯމްގެ ލިންކް: http://bit.ly/2WZfVmf
އިންތިހާބްތަކާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ އެ ޕާޓީގެ މައި އިދާރާގެ ނަންބަރު 3342671 އަށް ގުޅުމަށާއި ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އަދާލަތޔުން ބުނެއެވެ.
އަދާލަތު ޕާޓީގެ ރައީސާ ނައިބު ރައީށް ހޮވުމަށް އިންތިހާބު ބާއްވަން އުޅޭ އިރު މިދިޔަ މަހުގެ 19 ވަނަ ދުވަހު އެ ޕާޓީގެ ދާއިރާތަކުގެ ރައީސުންގެ އިންތިހާބު ވަނީ އޮންލައިންކޮށް ކުރިއަށް ގެންގޮސްފައެވެ.