މި އަހަރު ނިމުމާ ދިމާކޮށް ބީއެމްއެލްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް އަންނަ ބުރާސްފަތި ދުވަހު ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ބީއެމްއެލުން ބުނީ، އަންނަ ބުރާސްފަތި ދުވަހު ބަންދު ވުމަށް ފަހު އެ ބޭންކުގެ ބްރާންޗްތަކާއި ހިދުމަތްދޭ ސެންޓަރުތައް ހުޅުވާނީ އަންނަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނަށް އޭޓީއެމްތަކުން ހިދުމަތް ހޯދޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ހަަމައެއާއެކު އަންނަ ބުރާސްފަތިން އާދިއްތަ އާ ދެމެދު ބޭންކު ބަންދުވާތީ އެ ބޭންކުގެ ސާވިސް ސެންޓަރުގެ ނަންބަރު 3330200 އަށް ގުޅުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

އަންނަ ބުރާސްފަތި ދުވަހު ބީއެމްއެލްގެ ބްރާންޗްތައް ބަންދުކުރަން ނިންމާފައިވާއިރު، ހުކުރު ދުވަހަކީ އާއަހަރު ފެށެ ދުވަހެވެ. ކޮންމެ އަހަރެއްގެ ވެސް އެންމެ ފަހު ދުވަހު ބޭންކްގެ ބްރާންޗްތައް ބަންދު ކުރެއެވެ. ކޮންމެ އަހަރަކު ވެސް އަހަރު ނިމުމާދިމާކޮށް ބެންކުތަކުގެ ހިދުމަތް މެދުކަނޑާލަނީ އޮޑިޓް މަސައްކަތް ކުރުމަށެވެ.