މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު 20 ފަރާތަކަށް މިރޭ ދެއްވައިފިއެވެ.

މި އިނާމުތައް ދެއްވީ، ދިވެހި ދައުލަތުން ދޭ އެކިއެކި އިނާމުތައް ދިނުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. މި ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސް އެކުލަވައިލެއްވި ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 13 ބޭފުޅަކާއި، އަދި ބައިނަލްއަގްވާމީ މުބާރާތްތަކުން ނުވަތަ މި ނޫން ވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ 6 ބޭފުޅެކެވެ.

ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވީ ޑރ ނައުޝާދު މުހައްމަދު، މއ. އަމީނީވިލާ އެވެ. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، ނުވަތަ ލެވެލް 8، ނުވަތަ ލެވެލް 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވީ:

މާސްޓާޒް ޑިގްރީ

  • މަރްޔަމް އަނާ ހަސަން، މއ. ހުދުއާނު
  • އަލީ ސުޒޭނު، ކުދިމާގެ، ހއ. އިހަވަންދޫ
  • މުންޝިދާ އިބްރާހީމް، ގ. އޮނުހިރި
  • އުޒްމާ އަބްދުއްލަތީފް، މ. ކޮކާވިލާ
  • އަހްމަދު ފިޟާލް، ވެނީލާގެ، ރ. އަލިފުށި
  • މަރްޔަމް ނަޒާހާ، މ. ލުނާވަ
  • މަރްޔަމް މޫނިސާ ހުސައިން، ކަރަންކާވިލާ، ސ. ފޭދޫ
  • އާމިނަތު ރަޝްފާ، ދިލާސާގެ، އއ. ފެރިދޫ
  • އާމިނަތު އީމާން އަބްދުލްޣަފޫރު ، މއ. ރޯޒް 1

ބެޗްލާސް ޑިގްރީ

  • ފާތިމަތު މިޒުނާ، ކަނީރުހިޔާ، ރ. ރަސްގެތީމު
  • އައިޝަތު ލަމްހާ ހުސައިން ރަމީޒު، ވާދީ، ނ. ކުޑަފަރި
  • ހަސަން ސާމިލު، ތަރި، ޅ. ކުރެންދޫ
  • އަމާނީ އަޓިއެނޯ އޮންޔަންގޯ، ގ. ކިސޫމޫ

ބައިނަލްއަގްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މި ނޫން ވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދެވީ:

  • ސިފުނާ އިބްރާހީމް، ފެހިވާދީ، މ. މުލައް
  • މިޝްކާ އަފްރާހް ހަސަން ، ހ. އަރުމްލި
  • ހުސައިން ޒަޔާން ޝަހީދު ޒަކީ، މ. ނޫރާނީގެ
  • ފާތިމަތު ނަބާހާ އަބްދުއްރައްޒާގު، ދަފްތަރު ނަންބަރު ރސ 4843
  • އާމިނަތު ނަބީހާ އަބްދުއްރައްޒާގު، ދަފްތަރު ނަންބަރު ރސ 4844
  • ސްޓާފް ސާޖަންޓް ހަސަން ސާއިދު، ނިޔަމި، ކ. ގާފަރު

މިރޭގެ ޖަލްސާގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި، އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވިއެވެ.