ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އިނގިރޭސި އެއް ހަމަޖައްސައިފިއެވެ.
ޕެންޝަން އޮފީހުގެ ވެބްސައިޓްގައި އާންމުކުރި ބަޔާނެއްގައި ބުނީ އާ ސީއީއޯ އަކީ އިނގިރޭސިވިލާތުގެ ޖޯން ގްރިންޑަލް ނަމަކަށް ނިޔާ މީހެއް ކަމަށެވެ. އޭނާ އަކީ އިންޝުއަރެންސް އާއި ޕެންޝަން ދާއިރާގެ 25 އަހަރުގެ ތަޖުރިބާކާރެއް ކަމަށްވެސް އެ އޮފީހުން ބުނެއެވެ.
މީގެ އިތުރުން އޭނާ ވަނީ މޯލްޓާ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމު ވެސް ފުރުއްވާފައެވެ.
ރާއްޖޭގެ އެންމެ ބޮޑު ފަންޑު ކަމަށްވާ ޕެންޝަން ފަންޑު އުފެދުނީ 2009 ވަނަ އަހަރެވެ. އެ އޮފީހުގެ ސީއީއޯ މަގާމު އެންމެ ފަހުން ފުރުއްވާފައިވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރިން ކުރެއްވި މުހައްމަދު ހުސައިން މަނިކެވެ.
އެއަށްފަހު ސީއީއޯގެ މަގާމަށް ޑްރިންޑަލް އައްޔަން ކުރަން ދެން ޕެންޝަން އޮފީސް ހިންގަވަމުން ގެންދެވީ ވަގުތީ ސީއީއޯގެ ގޮތުން ފާތުމަތު ސުޖާތާ ހަލީމެވެ.
އާ ސީއީއޯ އައްޔަން ކުރީ 3 އަހަރަށެވެ.
މިއީ މިސަރުކާރުގެ ތަފާތަކީ ދިވެހިން ރައްޔިތުމީހާއަށް ދިވެހިމަގާމެއް ނުދެވޭ، ދީނަށް ފުރައްސާރަ ކުރާމީހުންނާ އެހެން ދީން ތަކުގެ މީހުންނަށް ހިލޭމުސާރަ ވިސްނާބަޔަކަށް އިބްރަތެއް ނުވޭތަ
ބަލަ މީއަޖާބެއްނޫން ރާއްޖޭގެ ދަރިންތައް ޑިގުރީއާ މާސްޓަރސް އަދިޕީއެޗުޑީ އާއެއްޗެތި ހަދާއިގެން އައިސް ވަޒީފާއެއްނެތިފަ މިތިބީ' މިހެންމިދަރިން ބިކަވެފަ ތިއްބާ ބޭރު ކަރަކަރާއިގެ މީހުނަށް ބޮޑު މުސާރަދީފަ ވަޒީފާ ބައިބަޔަށް ބާހާ ނާޖާއިޒު ފައިދާ ތަކެއް ނަގަމުން މިދަނީ. ލޮބުވެތިރަށޔަތުން ބަސްކިއަންވެއޖެ. މިއީހިތާމަހުރި ކަމެއް.