އިދިކޮޅު ކޯލިޝަނުން މާލޭގައި ބާއްވަން ނިންމާފައިވާ "ވިސްނާ" ޖަލްސާއާ ގުޅިގެން އެ ކޮލިޝަންގެ ލީޑަޝިޕްގެ ބޭފުޅުން ފުލުހަށް ހާޒިރުވާން އަންގާފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެ ޖަލްސާއާ ގުޅިގެން ލީޑަޝިޕްގެ ބޭފުޅުން މިއަދު ހަވީރު 3:00ގައި ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ.
އެެހެންކަމުން އިދިކޮޅުގެ 4 ބޭފުޅަކު ވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުލުހަށް ހާޒިރުވުމަށްފަހު، ހަވީރު 4:00 އަށް އިދިކޮޅުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައެވެ.
އިދިކޮޅުން ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 08:30 ގައި ކާނިވާ ސަރަހައްދުގައެވެ. ނަމަވެސް އެ ޖަލްސާ ބޭއްވުމުގެ ހުއްދަ ކަމާބެހޭ ފަރާތްތަކުން ދީފައިވާ ކަމެއް ސާފެއް ނުވެއެވެެ.
"ވިސްނާ" ވިސްނުމަކީ އިންސާނުންނަށް ކަންކަމާމެދު ވިސްނުމަށް އަބަދުވެސް ހަނދުމަފުޅު ބަހައްޓަވަން ޖެހޭކަމެއް! ކަމެއްގޯސްކޮށް ކުރެވިއްޖެނަމަ އެކަން އިޔާދަ ނުވުމަށް ވިސްނާދޭނެ ބަޔަކުވެސް އަންނަނީ އިންސާނުންގެ ތެރެއިން. މިވެރިކަން ފެށުމުގެ ކުރިން ރައްޔިތުން އިވުނު އެޖެންޑާ 19އެއްގެ އަޑަކުން ރައްޔިތުން ވިސްނީ އެޖެންޑާ 19އެއްގެ ތެރެއިން ރައްޔިތުންނަށް ވަރަށް ގިނަކަންތަކެއް ވާނެކަމާއި ލިބޭނެކަމާއި އިންސާފު އާއި އެތަކެއް ކަންތަކެއް ލިބިގެން ދާނެވާހަކަ. ވަރަށް ފޮނިއުއްމީދެއްގައި ރައްޔިތުންގެ ބަޔަކު ވެރިކަންގެނެސް ދިނީ ކަމެއް އަތުލީކަމެއް ފޭރުނީކަމެއް ނޭގި އެޖެންޑާ19އިގެ ފުރިހަމަ ބާރުވެރި ދައުލަތު އޮނިގަޑު މުޅިއެޖެންޑާ 19 އަށް ބަދަލުވެއްޖެ! ނަމަވެސް ކަންތައް މިވީއިދިކޮޅަށް ރައްޔިތުން ބިކަވެ ޑަސްބިން ހޮވައިގެން އުޅެންޖެހިއްޖެ! ޤައުމުގަ ކޮންމެ ވިޔަފާރި ދޮރާއްޓެއްގައި އިންޑިއާ އިންޑިއާ ކިޔާއަޑާއި ރަށްރަށުގެ ހޭޅީތެރޭންވެސް އެމީހުންފެނީ ބިރުވެރިކަމަށް ބަދަލުވެއްޖެ! މިކަންތަކާއި ގުޅިގެން މިކިޔަނީ އިންތިޚާބެއް ވިއްސާރައިގެ ތޫފާނެއް އަންނަ އަޑުއިވޭތީ ރައްޔިތުން ކައިރީ ބަޔަކު މިބުނަނީ ވިސްނާށޭ ދިވެހި ރައްޔިތުންނޭ! ތިތިބަ ޙާލަށް ރައްޔިތުން އަމިއްލަ ޤައުމުގައި ތިތިރިކޮށްލީ އެޖެންޑާ 19އިންނޭ! ރައްޔިތުން ވިސްނާށޭ ފާހަގަ ލުމުގެ ކުރީން ފަސްފަހަރު މިއަނދަވަޅުން އަރައިގަނެވޭތޯ! ވަރަށް ސާފު މިއީ ފުލުހުން ބަލަންޖެހޭ މައްސަލައެއްތޯ؟ ބަޔަކަށް ހެޔޮ ވިސްނުމެއް ވިސްނައި ދިނުމަކީ ބުއްދީގެ އަހުލުވެރީން ކުރާކަމެއް! އިބުލީސް ބޮލަށް ސަވާރުވީމާ އެއިގެ ކިބައިން ސަލާމަތްވުމަށް އެހީވަނީ ޢީމާންތެރިކަމަކީ ކޮބައިކަން ހަނދާނަށް އައުމުން ކޮންމެވެސް މުޢުޖިޒާތަކާއިއެކު.