އިސްލާމް ދީން ނޫން އެހެން ދީންތަކުގެ މުނާސަބަތުތައް ފާހަގަކުރާ އެއްވެސް ދުވަހެއްގެ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަށް އިލްމުވެރިންގެ ގުޅުމުން އިލްތިމާސް ކޮށްފިއެވެ.
އިލްމުވެރިންގެ ގުޅުމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މާތް ﷲއަށް ޝިރުކު ކުރުން ހިމެނޭ ކަންކަމާ ގުޅުވައިގެން އެއްވެސް ފަރާތަކަށް ތަހުނިޔާ ނުކިޔުމަށާއި އެފަދަ ކަންކަމުން ދިވެހިން ދުރުވެ ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.
އަދި ދުނިޔޭގައި، ދިވެހިން އުޅެމުން އަންނަނީ އެހެން ދީންތަކާ ސަގާފަތްތައް ކައިރިން އަބަދު ވެސް ފެންނަ ގޮތުގައި ކަމުން މިއަދު ބޮޑުވާ ޒުވާނުން އެފަދަ އޮއެވަރެއްގައި ޖެހިގެން ހިނގައިދޭނެ ކަމަށް ސަމާލުވުމަށް ބެލެނިވެރިންނާއި މުދައްރިސުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.
އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދައުލަތް ހިންގެވުމާއި ދައުލަތުގެ އެކިއެކި މަގާމުތަކާ ހަވާލުވެގެން ތިއްބެވި، ޒިންމާ ހަވާލުކުރެވިފައިވާ ފަރާތްތަކާއި ސަލާމަތީ ބާރުތަކާއި އެކަމުގެ ހައިސިއްޔަތު ލިބިގެންވާ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނަކީ އެކަންކަން އަމަލީގޮތުން ހުއްޓުވުމުގެ ބާރު ލިބިގެންވާ ފަރާތްތައް ކަމުން އެ ފަރާތްތަކުން އަމަލީގޮތުން ހުއްޓުވުމުގެ ޒިންމާ ފުރިހަމައަށް ނެންގެވުމަށްވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.
އަދި އެފަދަ ކަންކަން ދިވެހި މުޖުތަމައުގައި ހިންގިޔަ ނުދިނުމަށްޓަކައި ދުރާލާ ފިޔަވަޅުތައް އެޅުމަށާއި، އެފަދަ ކަމެއް ހިނގަމުން ދާނަމަ، ޝަރުއީ އަދި ގާނޫނީ އިމުގެ ތެރެއިން މަސްއޫލުވެރި ފަރާތްތަކަށް ލިބިދީފައިވާ ޝަރުއީ އަދި ގާނޫނީ ބާރުގެ ބޭނުންކޮށް، އެކަން މަނާކުރުމަށް ވެސް އިލްމުވެރިންވަނީ އެދިފައެވެ.
މީގެ އިތުރުން، މީސްތަކުންނަށް އެކަމުގެ ނުބައިކަން އަންގައިދީ މައުލޫމާތު ހިއްސާކުރަމުން ގެންދިއުމަށް އެންމެހާ ފަރުދުންނަށާއި މުއައްސަސާތަކަށް ވެސް ވަނީ ގޮވާލައިފައެވެ.
އިލްމުވެރިން އެފެދައިން ގޮވާލާފައި ވާއިރު، މި މަހުގެ 18 ވަނަ ދުވަހު ކ. މާފުށީގައި ހުންނަ ގެސްޓް ހައުސެއްގެ ބޭރުގައި ބަހައްޓާފައި ހުރި ކްރިސްމަސް ގަހެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ހިޔާލުތަފާތުވުންވެސް އުފެދިފައިވާ އިރު މި ދުވަސް ވަރަކީ ރާއްޖޭގެ ރިސޯޓުތަކުގައި ވެސް ކްރިސްމަސް ފާހަގަކުރުމުގެ ކަންކަން ކުރިއަށްދާ ދުވަސްވަރެކެވެ.
ރައީސް ރައީސް ރައީސް ދެންވެސް އެއްޗެއް ވިދާޅުވެ ބައްލަވާ ....