މ. ވޭވަށް ބަނދަރުގެ 79 ޕަސެންޓް މަސައްކަތް ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ 79 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މި މަޝްރޫއަކީ 500 ދުވަސް ތެރޭގައި އަޕްގްރޭޑް ކުރުމަށް ހަވާލު ކޮށްފައިވާ މަސައްކަތެކެވެ. މި މަޝްރޫއު ޕްލޭނިން މިނިސްޓްރީންއެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 48.8 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން 60,839 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުގެ އިތުރުންް 350 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި 35 މީޓަރުގެ ސަރަހަައްދެއްގައި ރިވެޓްމަންޓް ޖެހުމަށާއި 380 މީޓަރުގެ ސަރަހަައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތާއި 1880 އަކަ މީޓަރުގެ ސަރަހަައްދެއްގައި ޕޭވްމަންޓް ހަދައި މަގުބައްތި ޖެހުމުގެ މަސައްކަތް ހިމެނޭކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ވޭވަށު ބަނދަރުގެ އިތުރުން ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމްޓީސީން ވަނީ ބުނެފައެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން ގުރައިދޫ ބަނދަރުގެ 16،533 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފުންކުރުމާއި 208 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 22 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން 370 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 370 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.