ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެއާޕޯޓާއި ބާޒާރު ބްރާންޗް ބަންދު ކުރުމަށް ނިންމައިފިއެވެ.

ބީއެމްއެލުން ބުނީ އެއާޕޯޓު ބްރާންޗް ބަންދު ކުރަން ނިންމާފައިވަނީ މިމަހުގެ 22 ވާ އަންގާރަ ދުވަހު ކަމަށާއި އެ ބްރާންޗް ބަންދު ކުރި ނަމަވެސް އެއަރޕޯޓުގެ އޭޓީއެމްގެ ހިދުމަތާއި ޑިޕާޗާ އާއި އެރައިވަލް ޓަރަމިނަލްތަކުގައިވާ ފޮރިން އެޗްސްޗޭންޖް ކައުންޓަރުތަކުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އަދި ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ދޫކުރާ ކައުންޓަރުގެ ހިދުމަތްވެސް ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ ކޮވިޑް-19އާ ގުޅިގެން މާޗު މަހު ބާޒާރު ބްރާންޗް ބަންދު ކޮށްފައިވާ ކަމަށާއި މިހާރު އެއްކޮށް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެ ބްރާންޗްތަކުގެ އޭޓީއެމްތަކުން ހިދުމަތް ލިބޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.