މިދިޔަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވް (ބީއެމްއެލް) އިން ތައާރަފް ކޮށްފައިވާ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އިތުރު 10 ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ވަރަށް ރަނގަޅު ގިނަ ޕްރޮޕޯސަލްތަކެއް ލިބުނު ކަމަށެވެ. އަދި އެ ޕްރޮޕޯސަލްތައް ކާމިޔާބު ކަމާއެކު އެ ބޭންކުން ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނީ، އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން އެ ބޭންކުން ހިންގާ 'އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު'ގެ ދަށުން މި އަހަރުގެ ފަހު ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވާފައިވާ ކަމަށެވެ.

އެގޮތުން ހޮވި ދިހަ ޕްރޮޖެކްޓަކީ:

  1. ށ. ގޮއިދޫގެ މަގުތަކުގައި ސޯލާ ލައިޓް ހަރުކުރުން –- އިބްރާހިމް ނިޝާމް އަހުމަދު
  2. ރ. ފައިނުގައި ލައިބްރަރީއެއް ތަރައްގީ ކުރުން –- ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވަރސް
  3. ބ. އޭދަފުށީގައި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކުރުން –- ވެސްޓް ވިންގްސް އޭދަފުށި
  4. ޅ. ކުރެންދޫގައި ކޮމިއުނިޓީ ފެސިލިޓީ ތަރައްގީ ކުރުން - ކުރެންދޫ އެންވަޔަރަމަންޓް އެޑިޔުކޭޝަން ސްޕޯރޓްސް އެސޯސިއޭޝަން (ކީސާ)
  5. ހުޅުމާލޭގައި ކުޑަކުދިން ފޮތް ކިޔުމަށް ހާއްސަ ތަނެއް ތަރައްގީ ކުރުން –- ޗިލްޑްރަން އޮފް މޯލްޑިވްސް
  6. އއ. ބޮޑުފުޅަދޫގައި މަސްކަނޑަން ހާއްސަ ތަނެއް ގާއިމް ކުރުން - ރިވަލޫޝަނަރީ ބޮޑުފުޅަދޫ ޖެނެރޭޝަން
  7. އއ. ތޮއްޑޫގައި ފޮތް ކިޔާ ޕާކެއް ގާއިމް ކުރުން –- އާދަމް އަފްސަލް
  8. ލ. ފޮނަދޫގައި ކޮމިއުނިޓީ ގާޑަންއެއް ތަރައްގީ ކުރުން - ފޮނަދޫ އެންވަރަމެންޓް އެންޑް ސަސްޓެއިނަބިލިޓީ ޑިވަލޮޕްމަންޓް
  9. ގދ. ގައްދޫގައި ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށްދިނުން- ސާސްޓްރާ ކޮމުއުނިޓީ
  10. ގދ. ހޯޑެއްދޫގައި ނޭޗަރ ޕާކް ތަރައްގީ ކުރުން –- ހޯޑެއްދޫ ސްޕޯޓްސް

މިއަދު 10 ރަށަކަށް "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުން އެހީތެރިކަން ފޯރުކޮށް ދޭން ނިންމާފައި ވާއިރު މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށް ދީފައެވެ.