ތ އަތޮޅުން ފެށިގެން ގދ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އެގޮތުން ތ.އަތޮޅުން ގދ.އަތޮޅުގެ ރަށްތަކަށް މިރޭ 10 ޖެހުމާހަމަޔަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށް އެ އިދާރައިން ބުނެއެވެ.

އަދި އެސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ދެކުނު އަތޮޅުތައް ފިޔަވައި ދެން ހުރި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓުން ބުނެއެވެ. އަދި ދެކުނުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށް އެ އިދާރާއިން ލާފާކުރެއެވެ.

މީގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަަކީ އެކަށީގެން ވާ ކަމެއްކަމަށާ، ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފުޓު ހުންނާނެކަމަށް އެ އިދާއިރާއިން ބުނެއެވެ.