ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ މަޝްރޫއުގެ ދަށުން މި މަހުގެ ތެރޭ 1000 ހައުސިން ޔުނިޓްގެ ބިންގާ އަޅާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ހައުސިން މިނިސްޓްރީން ބުނީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް އަޅަން ނިންމާފައިވާ ހައުސިން ޔުނިޓްތަކުގެ މަސައްކަތްތައް އެކި މަރުހަލާގައި މިހާރުވެސް ހިންގަމުންދާ ކަމަށެވެ. ޖުމްލަ 3350 ޔުނިޓުގެ ކޮންޓްރެކްޓްގެ މަސައްކަތް އެކި މަރުހަލާގައި މިހާރު ކުރިއަށްދާ ކަމަށާއި އޭގެތެރެއިން 1000 ޔުނިޓްގެ ބިންގާ މި މަހު އަޅާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި މަހު ބިންގާ އަޅާނެ ކަމަށް ބުނާ ހައުސިން ޔުނިޓުތަކަކީ އަންނަ އަހަރުގެ މާޗް މަހު އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދާ ހައުސިން ޔުނިޓްތަކެކެވެ.
މީގެ އިތުރުން އެމްއޯޔޫއެއްގެ ދަށުން ކޮންޓްރެކްޓެއްގައި ސޮއި ކުރުމުގެ މަރުހަލާގެ ދަށުގައި 1000 ޔުނިޓުގެ 2 ކޮންޓްރެކްޓެއް އެބަ ކުރިއަށް ދާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އަދި އެޗްޑީސީއިން އިއުލާން ކޮށްގެން 350 ޔުނިޓެއްގެ ކޮންޓްރެކްޓްގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެޗްޑީސީން އިއުލާންކޮށްގެން ކުރިއަށްގެންދާ 350 ހައުސިން ޔުނިޓާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީން ބުނީ، އޭގެ ތެރެއިން 300 ޔުނިޓެއްގެ 3 ޕެކޭޖެއްގެ ކޮންޓްރެކްޓް މިހާރު ވަނީ އެވޯޑް ކުރުމުގެ މަރުހަލާގައި ކަމަށެވެ. އެ ގޮތުން އެވޯޑް ލެޓާ ކުރިއަށް އޮތް ހަފްތާ ތެރޭގައި ހަވާލު ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެންނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މެނިފެސްޓޯގެ މުހިންމު ސިޔާސަތެއް ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން މި މަހުގެ ތެރޭގައި 3000 ހައުސިން ޔުނިޓްގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށް މިދިޔަ މަހުގެ ތެރޭގައި ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.
މާލޭގައި ދިރިއުޅެން ކަމުނުދާ ތަންތަނުގައި 21،000 އާއިލާއެއް ދިރިއުޅެމުންދާ ކަމަށާއި ރައީސް ސޯލިހުގެ ސަރުކާރު ނިމޭއިރު އެފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓަރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން މާލޭގައި ވަރަށް ދަތި ހާލުގައި މީހުން އުޅެމުން އަންނަ ކަމަށާއި 600 އަކަ ފޫޓަށް ވުރެ ކުޑަ ތަންތަން ކޮޅުގައި 21،013 އާއިލާއެއް އުޅެމުންދާ އަންނަ އަސްލަމް ވަނީ ފާހަގަ ކުރައްވާފައެވެ.
7000 ހައުސިންއިން 80% ފްލެޓް ލިބިފައިހުރީ ރައްރަށު މީހުނައް އެޭގެ ތެރޭގައި ރަށުގައިތިބި މީހުންނައް މާލެ އައިސްހިގަންވެސް ނޭގެ.. މާލެގެ މީހުންގެ ތެރެއިންވެސް އުޅޭނެގެދޮރުހުރި މިީހުންނައްލިބުނީ ގެދޮރުނެތިގެން ކުއްޔައް އުޅޭ މާލެ މީހުނަކައް ނުލިބޭ ތީގެތެރެއިން ވަރައް ދެރަކަމެއް ..
ތީދެން ވޯޓައް އަޅާ ބިންގާކަން އެނގޭ.
މާލޭ ގެ ރައްޔިތުންނަށް ބޯހިޔާވަހިކަން އެންމެ.ފުރަތަމަ ހޯދައިދީ. އެހެން ރައްރަށު މީހުން ގެ ރަށުގައި ގޯތި ކުއްޔައް ދީފައި މާލޭއިން އެމީހުންނަށް ލިބިގެން ނުވާނެ. ދެން ދަފްތަރު އޭ ކިޔާ އެއްޗަކީ އުވާލަން ޖެހިފައި ވާ އެއްޗެއް.
20 ހާސް ފްލެޓް ކޮބާ؟ ހަމަ އެހެން ވާނީ. ތީ ކަމެއް ކުރެވޭނެ ބައެއް ނޫން. ބިންގަލަކަށް ވޯޓެއް ނުދެވޭނެ. ގޯއްޗަކަށް ވޯޓު ދޭ ގޮތަށް ނިންމައިގެން މިތިބީ.
މައުމޫން ވެސް ވަރަށްގިނަ ކަޑަޖެހި. ޖެހި ކަޑަތައް މާސިންގާ ގަސްތަކަކައްބަދަލުވީ. އެހެން ބިންގާވެސް އެޅިދާނެ އެއަޅާބިންގާ ފުނޑުވެ ބިމާހަމަވާންދެން ހުންނާނެ. ވައްކަން ކުރުމާއި ދޮގުހެދުން ނޫންކަމެއް މި ސުލޯލިހު ނާގާބިލް ވަގުސަރުކާރަކައް ނުވާނެ