މާލޭ މަގުމަތިން ދެ އަންހެނަކަށް ޖިންސީގޯނާ ކުރި މައްސަލައެއްގައި އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މަހުގެ އެއްވަނަ ދުވަހުގެ ރޭގަނޑު 10:08 ހާއިރު މާލޭ މަގުމަތިން ދިޔަ ދެ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މީހާ ހައްޔަރުކޮށްފަިއވަނީ އިއްޔެ ކަމަށާއި އެއީ އުމުރުން 54 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދި މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އަނެހެނުންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައާއި ޖިންސީ ފުރައްސާރަ ކުރާ މައްސަލަަތައް އަންނަނީ ފުލުހުންނަށް ރިޕޯޓްކުރަމުންނެވެ. އެ ގޮތުން މާލޭ މަގުމަތިން ހިނގާފައިވާ ދާ އަނެނުންނަށް ޖިންސީ ފުރައްސަރަ ކުރާ މައްސަލަތައް ވަނީ ރިޕޯޓްކޮށްފައެވެ.

އމި އަހަރު އޮގަސްޓް މަހުގެ ތެރޭގައި މާލޭގައި ހުރި ބޭސް ފިހާރައެއްގައި ހުރި ކޭޝިއަރަކަށް ހުރި އިންޑިއާގެ ރައްޔިތެއް، އެ ފިހާރައަށް ދިޔަ އަންހަނަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 50 އަހަރުގެ ބިދޭސީއެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.