ކ. ގުރައިދޫ ބިން ހިއްކުމުގެ 83 ޕަސެންޓު ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 48 ޕަސެންޓް ނިމިފައިވާ ކަމަށާއި އެ މަޝްރޫއުގެ ދަށުން ބިންހިއްކުމުގެ މަސައްކަތުގެ 83 ޕަސެންޓް އަދި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 8 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 644,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި ބިންހިއްކުމާއި، 1200 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

އެ މަޝްރޫއު އަކީ ގުރައިދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ފަށާފައިވާ މަޝްރޫއެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުއަކީ 85.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ އޯގަސްޓް 15، 2020 ގައެވެ.