މާލެ ގަލޮޅުގައި ހުންނަ ގެއަކުން މީހަކު މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ގަލޮލޫގައި ހުންނަ ގެއަކުން މީހަކު މަރުވެފަިއވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 11:57 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ގޮތުން އެމީހާ ވަނީ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.

އަދި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިފައިވާއިރު މިއަދު މާލެ ފަޅުތޭރޭ މޫދުގައި މީހަކު މަރުވެފައި އޮއްވާ ވެސް ވަނީ ފެނިފައެވެ. އެއީ އުމުރުން 58 އަހަރުގެ އިނގިރޭސިވިލާތުގެ ފިރިހެނެކެވެ. އެމީހާގެ ހަށިގަނޑުވެސް ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.