މިރޭ 3 ގަޑިއިރަށް ބީއެމްއެލްގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރާނެ ކަމަށާއި ހިދުމަތްތައް ހޯދުމުގައި ދަތިތައް އުޅޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ މެއިންޓެނަންސްގެ މަސައްކަތެއް ކުރަމުން ދާތީ ބީއެމްއެލްގެ ބައެއް ހިދުމްތަކަށް މިރޭ ދަންވަރު 1:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދު ބުރޫ އަރާނެ ކަމަށެވެ.

އެގޮތުން އިންޓަނެޓް ބޭންކިންއާއި، އޭޓީއެމް މެޝިންތަކާއި، ކާޑުން ފައިސާ ދައްކާ މެޝިންތަކާއި، ޑޮލަރު ބުކިން ހައްދާ ޕޯޓަލް އިން ހިދުމަތް ހޯދުމުގައި ދަތިތަކެއް އުޅޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

އަދި މި ހިދުމަތްތައް މެދުކަނޑާލާ ވަގުތަކީ މިރޭގެ ދަންވަރުގެ ވަގުތެއް ކަމުގައި ހެދީ، އެ ހިދުމަތްތައް އެންމެ މަދުން ބޭނުން ކުރާނެ ވަގުތު ކަމަށް ބަލާފައި ކަމަށް ބީއެމްއެލުން ބުނެއެވެ. އެ ހިދުމަތަކަށް ބުރޫ އަރާނެތީ، ބީއެމްއެލުން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.

ބީއެމްއެލްއިން މީގެ ކުރިން ވެސް މެއިންޓެނަންސްގެ މަސައްކަތައް ކުރަނީ އާންމުކޮށް އަންގާ އިއުލާނު ކޮށްފައެވެ.