ދުނިޔޭގެ އެންމެ ބޮޑު ވިޑީއޯ ލައިބްރަރީ ކަމަށް ގިނަ ބަޔަކު އިއްތިފާގު ވާ ޔޫޓިއުބްގެ ހިދުމަތް، ރޭގެ ވަގުތެއްގައި ދުނިޔޭގެ ހުރިހާ ހިސާބަކުން ގަޑިއެއްހާއިރަށް މެދުކެނޑިއްޖެއެވެ.

ޔޫޓިއުބްގެ ހިދުމަތް މެދުކެނޑުނު ކަން، އެ ކުންފުނިން ވެސް ކަށަވަރު ކޮށްދީފައެވެ.

ގަޑިއެއްހާއިރަށް ޔޫޓިއުބްގެ ހިދުމަތް މެދުކެނޑުނު މައްސަލަ ހައްލުކޮށް، ހުރިހާ ހިސާބަކަށްވެސް މި ހިދުމަތް އަލުން ފޯރުކޮށްދޭން ފަށާފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ޓެކްނޮލޮޖީ ދުނިޔޭގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި މައްސަލަ ދިމާވީ ހަމައެކަނި ސްޓްރީމިންގް ޕްލެޓްފޯމަކަށް ނޫނެވެ. ޔޫޓިއުބް ކުޑައިގެ ދަށުން ދޫކޮށްފައިވާ ފިލްމާއި، ޝޯތަކާ، ގޫގްލް ޓީވީއަށްވެސް މިކަމުގެ އަސަރު ފޯރި ކަމަށް މައުލޫމާތު ލިބެއެވެ. ޔޫޓިއުބްގެ އާންމު ޕްލެޓްފޯމަށް ބަލާއިރު، މައްސަލަ ދިމާވި ވަގުތު އިންޓަފޭސް ލޯޑްވި ކަމުގައި ވީ ނަމަވެސް އެއްވެސް ވީޑިއޯއެއް ލޯޑު ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޔޫޓިއުބްއަށް ދިމާވީ ކޮން މައްސަލައެއް ކަމެއް އެ ކުންފުނިން އަދި ތަފްސީލު ކޮށްދީފައެއް ނުވެއެވެ.