ހަލުވި ކަމާ އެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ހާލަތުގެ ގޯސްވުމާ، ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ހަޅުތާލާ އެކު، އެމެރިކާގެ ސިއްހީ ނިޒާމަށް ބޮޑު ލޮޅުމެއް އަރައިފިއެވެ.

ރެކޯޑް އަދަދުތަކުން ކޭސް ރިޕޯޓް ކުރަމުން އަންނައިރު، އެމެރިކާގެ ބައެއް ހޮސްޕިޓަލުތައް މިހާރުވެސް އޮޕަރޭޓް ކުރަމުން އަންނަނީ ފުލް-ކެޕޭސިޓީގައެވެ. އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)ތައް ވެސް ފެރެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ކަން މިހެން އޮތްއިރު ގޮސްޕިޓަލުގައި މަސައްކަތް ކުރާ 300 އެއްހާ މުވައްޒަފުންގެ މަސައްކަތަށް ހިސާބަކަށް ހުރަސްތަކެއް ކުރިމަތިވެފައި ވާ ކަމަށާ، މި ހުރަސް ކުރިމަތިވެފައި ވަނީ އެ މުވައްޒަފުންވެސް ކޮވިޑް-19 އަށް ހުށަހެޅިފައި އޮތުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19 އަށް ލޭ ޓެސްޓު ކުރުމަށް ތައްޔާރު ކުރަނީ / ފޮޓޯ: ނޫރުފޮޓޯ

ނަރުހުންގެ އިއްތިހާދަކުން މައުލޫމާތު ދޭ ގޮތުގައި 1500 އެއްހާ ނަރުހުން މިހާރު ދަނީ ހަޅުތާލު ފެށުމަށް ތައްޔާރު ވަމުންނެވެ. ހަޅުތާލަށް ދިއުމަށް ނަރުހުން ވިސްނަނީ، މުވައްޒަފުން ލައްވާ އެކަށީގެން ނުވާ ހާލަތްތަކުގައި މަސައްކަތް ކުރުވާ، އެކަމުގެ ސަބަބުން، ޕޭޝަންތޫންގެ ސަލާމަތަށް ނުރައްކާ ވާ ކަމަށް ބުނެއެވެ.

އެމެރިކާގެ މަސްރަހުން ލިބިފައި ވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ ވަނީ 142808 ކޭސް ރެކޯޑް ކޮށްފައެވެ. މިއާއެކު އެ ގައުމުން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 10.7 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. ކޮވިޑް-19 ޖެހިގެން އިއްޔެ އެމެރިކާއިން 1478 މީހަކު މަރުވި ކަމަށް ރެކޯޑް ކޮށްފައި ވާއިރު، މި ބަލީގައި އެމެރިކާއިން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 247397 އަށް އަރާފައެވެ.

އެމެރިކާގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑް ކޮށްފައި ވަނީ 3812554 ކޭހެވެ. މީގެ ތެރެއިން 18683 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. 331.7 މިލިއަން މީހުންގެ އާބާދީ އެއް ގޮތް އެމެރިކާގައި، ކޮންމެ 31 މީހަކުން 1 އަށް މިހާރު ކޮވިޑް-19 ޖެހިފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކަން މިހެން އޮތް އިރު، ވައިޓްހައުސްގެ ކޮވިޑް-19 ޓާސްކްފޯސް ކޮމިޓީއިން ވަނީ، ކޮވިޑް-19އަށް ޓެސްޓު ކުރާ މިންވަރު އަދިވެސް އިތުރު ކުރުމަށް ގޮވާލާފައެވެ. ޓެސްޓު ކުރުން ފުޅާ ކުރުމުގައި، ވަކިން ހާއްސަ ކޮށް، އެސިމްޓޮމެޓިކް ނުވަތަ ހަށިގަނޑުގެ ބޭރުފުށުން ބަލީގެ އަލާމާތްތައް ނުފެންނަ ކޭސްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ވައިޓްހައުސްގެ ޓާސްކްފޯހުން ވަނީ ގޮވާލާފައެވެ.