އަތޮޅުތެރޭގެ ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލްތަކަށް ކުދިންގެ އުމުރާ ގުޅޭ ހަރަކާތްތައް ހިންގަން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑު-19 ގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ހްލްތް ޕްރޮޓެކްޝަން (އެޗްޕީއޭ)ގެ ލަފާގެ މަތިން, މި މަހުގެ 15 އިން ފެށިގެން އަތޮޅުތެރޭގެ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލްތަކަށް ކުދިން ގެންގޮސްގެން އުމުރާ ގުޅޭ ހަރަކާތްތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ. އެއަށް ފަހު ކުދިންނަށް ކިޔަވައި ދިނުުމުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކިލާސް މެދުވެރިކޮށާއި އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ.
އަލުން ސްކޫލްތައް ހުޅުވާފައިވަނީ ޖުލައި މަހުއެވެ. އެގޮތުން މާލެ ސަރަހައްދުގެ ސްކޫލުތައް ފިޔަވައި އެހެން ހުރިހާ ރަށްތަކުގެ ސްކޫލުތަކުގައު ގްރޭޑް 1 އިން ގްރޭޑް 12 އަށް ކިޔަވައިދޭން ވަނީ ފަށާފައެވެ.
އަދި މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާފައި ވަނީ ގްރޭޑް 9 އިން ގްރޭޑް 12ގެ ދަރިވަރުންނަށެވެ. ނަމަވެސް ކޮވިޑް ފެތުރުން އިތުރުވެފައި ވާތީ ފަހުން މާލޭގެ ސްކޫލްތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށި ނަމަވެސް މި ދިޔަ މަހުގެ 4 ވަނަ ދުވަހު ވަނީ އަނެއްކާވެސް ސްކޫލުތައް ހުލުވާލާ ކިޔަވއިދޭން ފަށާފައެވެ.