މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރު ކަމަށް 28 މީހަކު ކުރިމަތިލައިިފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވާދަކުރުމަށް ޖުމްލަ 28 ކެންޑިޑޭޓަކު ނަން ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން މިފަހަރުގެ އިންތިހާބުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރުކަމަށް 14 ފަރާތަކުން ކުރިމަތިލާފައިވާއިރު މީޑިއާ ކައުންސިލްގެ އާންމުންގެ މެންބަރުކަމުގެ މަގާމަށްވެސް 14 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކަށާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލުކުރައްވާ އެއް ފަރާތަކަށެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ 15 މެންބަރުންގެ މައްޗަށެވެ.

އެއީ މީޑިއާގެ އަށް މެންބަރުންނާއި އާންމުންގެ ހަތް މެންބަރުންގެ މައްޗަށެވެ.