ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރިތަކަށް ހުއްދަ ދީފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާދަމާއިން ފެށިގެން ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރިތަކަށް ހުއްދަ ދީފައިވާ ކަމަށެވެ.

އެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދީފައި މިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރިތައް ކުޅުން މަނާކުރުމަށްފަހުއެވެ.

މީގެ އިތުރުން 15 މީހުންނަށް ވުރެ ގިނަ ނުވާ ގޮތަށް ކުޅިވަރު ބަލަންދެވޭނެ ކަމަށާއި ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ކުޅެން ނުދިއުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކުޅިވަރު ބަލަންދާއިރު މާސްކް އަޅައިގެން ދިއުމަށާ ކުޅިވަރު ބަލަން ދާ އެހެން ގްރޫޕް ތަކާ ދެމެދު ތިން ފޫޓުގެ ދުރުމިން ބެހެއްޓުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ކުޅިވަރު ކުޅުމާ ބަލަން ދިއުމަށް ހުއްދަ ދީފައި ވާއިރު، ކޮވިޑާ ގުޅިގެން މާލެ ސިޓީގައި ކާފިއު ހިންގާ ވަގުތަށް ވަނީ ބަދަލު ގެނެސްފައެވެ.

އެ ގޮތުން މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާ ވާވާނީ ރޭ ގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށެވެ.