ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 49 މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެއެވެ.

ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 216 ގައުމަކާއި ސަރަހައްދަކުން 49016479 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު، ޗައިނާއިން ފުރަތަމަ ފަހަރަށް ކޭސް ރިޕޯޓް ކުރަން ފެށި ފަހުން މިހާތަނަށް 9 ގައުމަކުން ވަނީ މިލިއަން-ފާހަގަ ކހުރަސް ކޮށްފައެވެ.

  1. އެމެރިކާ: 9919522 ޖުމުލަ ކޭސް | 240953 މަރު
  2. އިންޑިއާ: 8411034 ޖުމުލަ ކޭސް | 125029 މަރު
  3. ބްރެޒިލް: 5614258 ޖުމުލަ ކޭސް | 161779 މަރު
  4. ރަޝިއާ: 1712858 ޖުމުލަ ކޭސް | 29509 މަރު
  5. ފްރާންސް: 1601367 ޖުމުލަ ކޭސް | 39037 މަރު
  6. ސްޕެއިން: 1365895 ޖުމުލަ ކޭސް | 38486 މަރު
  7. އާޖެންޓީނާ: 1217028 ޖުމުލަ ކޭސް | 32766 މަރު
  8. ޔޫކޭ: 1123197 ޖުމުލަ ކޭސް | 48120 މަރު
  9. ކޮލަމްބިއާ: 1117977 ޖުމުލަ ކޭސް | 32209 މަރު

ކޮވިޑް-19 ޖެހިގެން ބުރާސްފަތި ދުވަހު އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކޮށްފައި ވަނީ އެމެރިކާ (118204)، ފަރަންސޭސިވިލާތް (58046)، އިންޑިއާ (47622)، އިޓަލީވިލާތް (34505) އަދި ޕޯލަންޑް (27143) އިންނެވެ.

މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1239375 އަށް އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން ޝިފާ ލިބި، ރަނގަޅު ވި މީހުންގެ އަދަދު ވަނީ 34979929 އަށް އަރާފައެވެ.