ހއ. ހޯރަފުށީގައި ތަރައްގީ ކުރާ އެއާޕޯޓުގެ 84 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތްކުރާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މުޅި މަޝްރޫއުގެ 84 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި އެ އެއާޕޯޓުގެ ރަންވޭގެ 99 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ހަމައެއާއެކު ޓާމިނަލް އިމާރާތުގެ 75 ޕަސެންޓް މަސައްކަތާއި، ފަޔާ ބިލްޑިން ގެ 50 ޕަސެންޓް ވެސް ނިމިފަައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

"މި މަޝްރޫޢުގެ މަސައްކަތުގެ 84 ޕަސެންޓް ވަނީ ނިމިފައި. މިކުންފުނީގެ އަމާޒަކީ 08 ނޮވެމްބަރ 2020 ގެ ކުރިން މަސައްކަތް ނިންމުން."
އެމްޓީސީސީ

މިއަދު ހޯރަފުށީ އެއާޕޯޓް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެްްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ އެ ރަށަށް ޒިޔާރަތް ކުރައްވާފައެވެ. އަދި އެ މަސައްކަތް އަންނަ އާދިއްތަ ދުވަހަށް ނިންމާލުމަކީ އަމާޒެއްކަމަށް އެމްޓީސީސީން ބުނެއެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކުއެވެ.

މި މަޝްރޫއުގެ ދަށުން އެއާޕޯޓު އިން ވަކިކުރުމަށް 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖަހާނެއެވެ.