ހއ ކެލާއިން އަނެއްކާވެސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ކެލާ ކައުންސިލުން ބުނީ ހޯމް ކަރަންޓީންގައި ތިބި 3 ފަރާތެއްގެ ސާމްޕަލް ނަގާ ޓެސްޓް ކުރި އިރު އޭނގެ ތެރެއިން 1 ފަރާތް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ކެލައިން ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ. އެގޮތުން އެންމެ ފަހުން އެ ރަށުން ޕޮޒިޓިވް ކޭސް އެއް ފެނިފައިވަނީ މި މަހުގެ ދެ ވަނަ ދުވަހެވެ.

އިއްޔެ މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 24 މީހުންނެވެ. ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 11،591 އަށް އަރާފަވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 10،685 އަށް އަރާފައެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 37 އަށް އަރާފައެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 19 ރަށެއްގައެވެ. އަދި 24 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 30 ފަތުރުވެރިންނާއި 83 ރިސޯޓް މުވައްޒަފުން އެކްޓިވް ކޭސްގެ ގޮތުގައި އެބަ ތިއްބެވެ.