ސ. މީދޫ ބަނދަރު ތަރައްގީކުރުމުގެ ބޮޑު ބައެއް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަޝްރޫއުގެ 80 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އެގޮތުން އެ ރަށު ބަނދަރުގެ ނެރު ފުންކުރުމުގެ މަސައްކަތުގެ 34 ޕަސެންޓާއި އެއްގަމު ތޮށީގެ މަސައްކަތުގެ 85 ޕަސެންޓް ވަނީ ނިމިފައެވެ.

މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކުރެވުނު މަސައްކަތެކެވެ.

އެ މަޝްރޫއުގެ މަސައްކަތް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެ ކުންފުނިން މޮބަލައިޒް ކޮށްފައިވާ އިރު، އެ މަޝްރޫއަށް 33.4 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އެމްޓީސީސީ އިން ލަފާކުރެ އެވެ.