ގއ.މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު ސަސްޕެންޑު ކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ޝުކޫރު ސަސްޕެންޑު ކޮށްފައި ވަނީ އޭނާ އާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުން ދާ މައްސަލަތަކުގެ ބާވަތަށާއި، އެ މައްސަލަތަކާ ގުޅިގެން ލިބިފައިވާ ހެއްކަށް ރިއާޔަތް ކޮށް، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އެގޮތުން ޖޭއެސްސީ ގާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަދި (ލ) އާ ހަވާލާދީ ޝުކޫރު ވަގުތީގޮތުން 60 ދުވަހަށް މެޖިސްޓްރޭޓް ކަމުގެ މަސައްކަތުން ދުރު ކުރުމަށް ފެންނަ ކަމަށް އިއްޔެ 78 ވަނަ ބައްދަލުވުމުގައި އެ ކޮމިޝަނުން ނިންމާފައި ވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ޝުކޫރު މަގާމުން ސަސްޕެންޑް ކުރަން ނިންމި އިރު، މެޖިސްޓްރޭޓްގެ މަގާމުން ވަކިކުރުމަށް ނިންމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓު ހޯދުމަށް އަމަލީގޮތުން ކެމްޕޭން ކުރި މައްސަލައާއި ހައްޔަރުގައި ހުރި މީހެއްގެ ވަކީލަކު ދިން ސީޓީ އުރައަކާ ހަވާލުވި ކަމަށް ބުނާ ތުހުމަތު ޝުކޫރަށް ވަނީ ކޮށްފައެވެ.
މިއީ އޭނާގ ސަސްޕެންޝަން އިތުރު ކުރި ދެވަނަ ފަހަރެވެ.