ހެލްތު މިނިސްޓަރުގެ މަގާމަށް އަހުމަދު ނަސީމް (ކެރަފާ ނަސީމް) އައްޔަނުކުރެއްވުމުން އެމްޓީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ތައުރީފުކުރައްވާފައެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވިޓެއްގައި މިނިސްޓަރު ނަސީމް އަށް މަރުހަބާ ދަންނަވާ ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާއަށް ނުހަނު ބޮޑަށް ހިންގުންތެރި ތަޖުރިބާ ހުރި ފަރާތެއް ބޭނުންވެފައިވާ މިދަނޑިވަޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަކީ ފުރިހަމަ ނިންމުމެއް ކަމަށެވެ. އަދި މިނިސްޓަރު ނަސީމް ތަފާތު ދައްކާނެ ކަން ޔަގީން ކަމަށް ރައީސް ނަޝިދު ވަނި ވިދާޅުވެފައެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކެރަފާ ނަސީމް ވަނީ ކުރިން ފޮރިން މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.

މިނިސްޓަރު ނަސީމް ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ މިއަދުއެވެ. ހެލްތު މިނިސްޓަރުގެ މަގާގުން ހުސްވެފައިވަނީ އެމަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަމީން އިސްތިއުވާ ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ވެގެން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަަޖިލީހަށް ވައްދާފައިވަނިކޮށެވެ.

އަމީން އިސްތިއުފާ ދެއްވީ ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތައް ގަތުމުގައި މަކަރާއި ހީލަތް ހަދައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތަހުމަތުވާ މައްސަލައިގައެވެ.