ށ. ކޮމަންޑޫ ބަނދަރުގެ 89 ޕަސެންޓް މަސައްކަތް ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ ކޮމަންޑޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 89 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

އެގޮތުން އެ މަޝްރޫއުގެ ތެރެއިން ޕޭވްމަންޓް ސަރަޙައްދުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތުގެ 50 ޕަސެންޓާއި ޕޭވްމަންޓް ސަރަހައްދުގައި ކަރބް ލައިން އެޅުމުގެ މަސައްކަތުގެ 79 ޕަސެންޓް މިހާރު މިނިފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުންނެވެ.

މޝްރޫއުގެ އަމަލީ މަސައްކަތް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގެ އަށް ވަނަ ދުވަހު އެމްޓީސީސީ އިން ފަށާފައިވާއިރު، މި މަޝްރޫއަށް 29.41 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެކުންފުނިން ބުނެއެވެ.