މިހާތަނަށްވެސް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން، ޝިފާ ލިބި، ބަލިން ރަނގަޅުވި މީހުންގެ އަދަދު 30 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.
ސިވިއާ އެކިއުޓް ރެސްޕިރެޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ، ކޮވިޑް-19ގެ ޝިކާރައަކަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 40.2 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައި ވާ ކަމަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާއިރު، ޝިފާ ލިބުނު މީހުންގެ އަދަދު 30112204 އަށް އަރާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރި ގައުމުތައް
- އެމެރިކާ: 8387799 ޖުމުލަ ކޭސް | 224730 މަރުގެ ރިޕޯޓް
- އިންޑިއާ: 7548238 ޖުމުލަ ކޭސް | 114642 މަރުގެ ރިޕޯޓް
- ބްރެޒިލް: 5235344 ޖުމުލަ ކޭސް | 153905 މަރުގެ ރިޕޯޓް
- ރަޝިއާ: 1399334 ޖުމުލަ ކޭސް | 24187 މަރުގެ ރިޕޯޓް
- އާޖެންޓީނާ: 989680 ޖުމުލަ ކޭސް | 26267 މަރުގެ ރިޕޯޓް
މި ބަލީގައި މަރުވި މީހުންގެ އަދަދު 1118321 އަށް އަރާފައި ވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.
ކޮވިޑް-19ގެ އެކްޓިވް ކޭހުގެ ގޮތުގައި 9047682 ކޭހެއް ރެކޯޑް ކޮށްފައި ވާއިރު، މީގެ ތެރެއިން 71995 ޕޭޝަންޓެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. 8975687 ޕޭޝަންޓެއްގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށް މައުލޫމާތު ލިބެއެވެ. ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދެނީ، ޕޭޝަންޓުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ.