މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓްކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 38 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް 38040063 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑް ކޮށްފައިވަނީ 8356621 ޕޭޝަންޓެކެވެ. އެކްޓިވް ޕޭޝަންޓުންގެ ތެރެއިން 69119 ޕޭޝަންޓުންނަކީ ކުރިޓިކަލް ނުވަތަ ސީރިއަސް ހާލުގައި އޮތް ޕޭޝަންޓުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މިވަގުތު އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކޮށްފައިވާ ގައުމުތަކަށް ބަލާއިރު 4 ގައުމުތަކުން ވަނީ މިލިއަން-ކޭހުގެ ފާހަގަ ހުރަސް ކޮށްފައެވެ.
- އެމެރިކާ: 8037789 ޖުމުލަ ކޭސް | 220011 މަރުގެ ރިޕޯޓް
- އިންޑިއާ: 7173565 ޖުމުލަ ކޭސް | 109894 މަރުގެ ރިޕޯޓް
- ބްރެޒިލް: 5103408 ޖުމުލަ ކޭސް | 150709 މަރުގެ ރިޕޯޓް
- ރަޝިއާ: 1312310 ޖުމުލަ ކޭސް | 22722 މަރުގެ ރިޕޯޓް
ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ވަކި ގޮތަކަށް ނިމިފައިވާ ކޭސްތަކުގެ އަދަދު 29683524 އަށް އަރައެވެ. އެއީ ޝިފާ ލިބި ރަނގަޅުވި 28598151 ޕޭޝަންޓުންނާއި، މި ބަލީގައި މަރުވި ކަމަށް ރެކޯޑް ކޮށްފައިވާ 1085373 ޕޭޝަންޓުންގެ ކޭހެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ވަކި ވެކްސިނެއް އަދިވެސް ހޯދިފައި ނުވާއިރު، ވެކްސިނެއް ތަރައްގީކޮށް ބައިނަލްއަގުވާމީ މުޖުތަމައަށް ފޯރުކޮށްދިނުމުގެ މަސައްކަތް ރެކޯޑް ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރަންޖެހެއެވެ. އެންމެ ފަހުގެ ތަހުލީލީ މަރުހަލާގައި މިހާރުވެސް 10 ވެކްސިނެއް ތަޖުރިބާ ކުރަމުން ދާއިރު، މިއަހަރު ނިމޭއިރު ކޮންމެވެސް ވަރެއްގެ އުއްމީދެއް އާ ވެދާނެ ކަމުގެ އިޝާރާތްތަކެއް އެކި ފަރާތްތަކުން ވަނީ ދީފައެވެ.