ލ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ ޝަރީފާ ބެހޭގޮތުން ތަހުގީގުކުރި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭސްސީ) އިން ނިންނަމައިފިއެވެ.

ޖޭއެސްސީން ބުނީ، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 22 ވަނަ މާއްދާގެ (ހ)ގެ ދަށުން ތަޙްޤީޤު ކުރި މައްސަލަ ސާބިތު ނުވާ ކަމަށެވެ.

އެ މައްސަލައަކީ ނ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ ޝަރީފް، އަމިއްލަ މަސްލަހަތު ފުށުއަރާ ގަޒިއްޔާއެއް ހިންގުމުގައި ބައިވެރިވި ކަމަށް ބުނާ މައްސަލައެއް ކަމަށް ޖޭއެސްސީން ބުނެއެވެ. އަދި އެ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެ ކޮމިޝަންގައި ބޭއްވި 66 ވަނަ ބައްދަލުވުމުގައި ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ފަނޑިޔާރުންގެ އެކި ކަހަލަ މައްސަލަތައް ބަލަމުން އަންނަ އިރު ބައެއް ފަނޑިޔާރުންގެ ފަރާތުން ގިނަ ސުލޫކީ މައްސަލަތަކެއް ފެންމަތިވެ ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. ހަމައެއާއެކު ބައެއް ފަނޑިޔާރުން ވަނީ މަގާމުންވެސް ވަކިކޮށްފައެވެ. ޖޭއެސްސީން ބުނެފައި ވަނީ، ފަނޑިޔާރުންގެ ތެރޭގައި ތަފާތު ކުރުމެއް ނެތި، ގާނޫނު އަސާސީއާއިި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަކީ އަސާސް ކަމުގައި ބަލައިގެން ފަނޑިޔާރުންގެ މައްސަލަަތައް ބަލަމުން ދާނެ ކަމަށެވެ.