ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެންނަން އުޅުނު 149 ވެންޓިލޭޓަރު ލަސްވުމާއި އެ ކަމުގައި ހެލްތު މިނިސްޓްރީން ކަންކޮށްފައިވާ ގޮތް ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ސުވާލު ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްތަރު އަމީން އޭސީސީއަށް ހާޒިރުކޮށް، ވެންޓިލޭޓަރު މައްސަަލައިގައި އިއްޔެ ވަނީ ސުވާލުކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް އޭސީސީން ހާމައެއް ނުކުރެއެވެ.
އޭސީސީއަށް އަމީން ހާޒިރުކޮށްފައިވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އޭސީސީ އާއި ފުލުހުންނަށް ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އަންގަވާފައެވެ. މި ކަމުގެ ތަހުގީގު ފެށުމާއެކު ހެލްތު މިނިސްޓަރު ވަނީ މަސައްކަތުން އެކަހެރިވެވަޑައިގެންފައެވެ. އަދި މި ތަހުގީގާ ގުޅިގެން ހެލްތް މިނިސްޓްރީގެ ބައެއް މުވައްޒަފުން ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.
އަމީން މަސައްކަތުން އެކަހެރިވެވަޑައިގަތުމުން މިހާރު ހެލްތު މިނިސްޓްރީގެ ކަންކަމާ ހަވާލުވެވަދާއިގެން ހުންނެވީ ހައުސިން މިނިސްތަރު މުހައްމަދު އަސްލަމެވެ.
ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކުރެވޭ އެންމެ ބޮޑު އެއް މައްސަލަައެއް ކަމަށް އޭސީސީން ބުނެފައި ވަނީ ކޮވިޑާ ގުޅިގެން ރާއްޖެއަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނިން ގެންނަން ހަމަޖެއްސި 75 ވެންޓިލޭޓަރުތަކުގެ މައްސަލަތަކެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުނި ވެސް މެ އެވެ. އެ މީހުން ވެންޓިލޭޓަރެއް ގެނެސްދެނީ 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ. މި ވެސް އޮޑިޓުގައި ފާޅުކޮށްފައި އޮތް ކަންބޮޑުވުމެކެވެ.
ކުރި ކަމެއް ކުރީ ހެޔޮ ނިޔަތު ގަ