އޯޝަން ހަންޓާ ޕްރައިވެޓް ލިމިޓެޑުން ކ. ހިންމަފުށީގައި 50 ޓަނުގެ އައިސްޕްލާންޓެއް ހުޅުވާ މަސްވެރިންނަށް އައިސް ވިއްކަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އައިސް ޕްލާންތް ހިންގާ، އޯޝަން ހަންޓާ މަސްފެކްޓްރީގެ މެނޭޖިން ޑިރެކްޓާ ހަސަން އީމާން ވިދާޅުވީ އެ އައިސްޕްލާންޓްގެ ސަބަބުން މަސްވެރިންނަށް ދިމާވާ އައިސްގެ ދަތިކަމަށް ހައްލެއް ލިބޭނެ ކަމަށެވެ.

އެ އައިސް ފެކްޓްރީން 24 ގަޑިިއިރު ތެރޭ 50 ޓަނުގެ އައިސް އުފައްދާނެ ކަމަށާއި އެ ތަނުގެ ސްޓޯރޭޖް ކެޕޭސިޓީއަކީ 150 ޓަނު ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިއަދު ފެކްޓަރީ ހުޅުވާ މަސްވެރިންނަށް އައިސް ވިއްކަން ފަށާފައިވާ އިރު އެ އައިސްޕްލާންޓުން ދުވާލެއްގެ މައްޗަށް 50 ޓަނުގެ އައިސް އުފަށްދައި މަސްވެރިންނަށް ފޯރުކޮށްދޭނެ ކަމަށް އީމާން ވިދާޅުވިއެވެ.

މީގެ އިތުރުން އީމާން ވިދާޅުވީ މިއަދު ހުޅުވިގެންދިޔަ މަސް ފެކްޓްރީއަކީ 50 ޓަނުގެ އައިސް ޕްލާންޓަކާއި އެއްކޮށް ޔޫރަޕިއަން ޔުނިއަން (އީޔޫ) އާއި ނޮން އީޔޫ ގައުމުތަކަށް ބޭރު ކުރެވޭ ގޮތަށް މަސް ފެކްތްރީ ނިމިފައިވާ ކަމަށެވެ. އެތަން މި މަހުގެ 30 ވަނަ ދުވަހަށް އެތަން އީޔޫ ނަންބަރާ އެކު ހުޅުވޭނެ ކަމަށް ލަފާ ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން އެކްސްޕޮޓް ކުރުމަށް ނިންމާފައި ވަނީ 50 ޓަނުގެ ލޮނު އައިސް ޕްލާންޓަކާއި (ސޯލްޓް ވޯޓާ އައިސް ޕްލާންޓް) ދުވާލެއްގެ މައްޗަށް 30 ޓަނުގެ ޕްރެސް މަސް ޕްރޮސެސް ކުރެވޭ ޕްލާންޓަކާއި އެއްކޮށް ކަމަށް އީމާން ވިދާޅުވިއެވެ.

އޯޝަން ހަންޓާ އަކީ ދުނިޔޭގައި ބޭއްވި އެންމެ ބޮޑު ސީފުޑް އެކްސްޕޯގައި ރާއްޖެ ތަމްސީލުކުރުމަށް ބައިވެރިވި 11 ކުންފުނީގެ ތެރޭގައިވެސް ހިމެނުނު ކުންފުންޏެކެވެ.